ޚަބަރު

މާބައިދޫން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ލ.މާބައިދޫއިން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

"ދެން" އަށް މަޢުލޫމާތު ލިބިއިފައިވާ ގޮތުގައި ފައްސިވެފައި ވަނީ މިހާރު އެއަތޮޅުގައި ފެތުރެމުން އަންނަ މާންދޫ ކްލަސްޓަރއާ ގުޅުން ހުރި މީހެކެވެ. އަދި އެމީހާއަކީ ގަމުން މާބައިދޫއަށް ދިޔަ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މަސް ކާރުޚާނާއެއް ހިންގަމުން އަންނަ ލ.މާންދޫން ފެނުނު މާންދޫން ކްލަސްޓަރއާ ގުޅުން ހުރި ކޭސްތަކެއް އެއަތޮޅު ގަން، ފޮނަދޫ، ދަނބިދޫ އަދި އިސްދޫން ވަނީ ފެނިފައެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކުން ކޮވިޑްގެ ފައްސި ކޭސްތައް މިހާރު އެބަފެނެއެވެ. އެ ގޮތުން އައްޑޫ ސިޓީއާއި ފ.ފީއަލި ،އއ.މަތިވެރި އަދި ކ.މާފުއްޓާއި ގދ.ތިނަދޫގައި ވެސް ފައްސި ކޭސްތައް އެބައުޅެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!