ޚަބަރު

ކަރަންޓީންގައި ނެތް 4 މީހަކު ފީއަލިން ފައްސިވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކަރަންޓީންގައި ނެތް 4 މީހަކު ފ.ފީއަލުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވަނީ އެރަށުން ނެގި 12 ސާންޕަލްގެ ތެރެއިން 4 ސާންޕަލެކެވެ.

ކަރަންޓީންގައި ނެތް 4 މީހަކު ފީއަލިން ފައްސިވެފައި ވީނަމަވެސް މިހައިތަނަށް އެރަށް މޮނިޓަރިންގގެ ހާލަަތަށް ގެނެވިފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި ފީއަލީގައި  ކަރަންޓީންގައި ތިބި 8 މީހަކު ވެސް ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި އަތޮޅުތަކުން ކޮވިޑްގެ ފައްސި ކޭސްތައް ފެންނަ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ލ.ގަން،ފޮނަދޫ،މާންދޫ،އިސްދޫ،ދަނބިދޫ،މާބައިދޫ އަދި ކ،މާފުއްޓާއި އއ.މަތިވެރީގެ އިތުރުން އައްޑޫ ސިޓީއާއި ގދ.ތިނަދޫގައި ވެސް އެކްޓިވް ކޭސްތައް އެބައުޅެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!