ޚަބަރު

އޮންލައިންކޮށް ކިޔަވައި ދިނަސް އޯ ލެވެލް އިމްތިހާނުތައް ކުރިއަށް ގެންދަން ފުރުސަތު ދެވޭނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް، އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުތައް ކުރިއަށް ގެންދަން ފުރުސަތު ދެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލު ކުރުމަށްޓަކައި މި މަހުގެ 5 އިން 15 އާ ހަމައަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނެނީ ސްކޫލްތަކުގެ ކިޔެވުން އޮންލައިން ކްލާސް ގޮތަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

"ކިންޑަގާޓެން އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައި ދިނުމަށް މި 10 ދުވަހުގެ މުއްދަތުގައި އަނެއްކާ ވެސް ބަދަލު ކުރެވިގެން ދާނެ. އޯ ލެވެލް އާއި އޭ ލެވެލްގެ އިމްތިހާނުތައް މިހާރު ވެސް ކުރިއަށްދާ ގޮތަށް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދެވޭނެ. އެހެން ނަމަވެސް އާންމުކޮށް ކިޔަވައި ދިނުން (ކްލާސްތައް ހިންގުން) އޮންލައިންކޮށް ހިންގުމަށް ބަދަލު ކުރެވިގެން ދާނެ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ފިޔަވަޅުތައް އަޅާފައި މިވާ 10 ދުވަހު ރާއްޖޭގެ ކޮވިޑްގެ ހާލަތު އިތުރަށް މޮނީޓަރ ކުރަމުން ގެންދާނެ ކަަމަށާއި އިތުރަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ. އަދި މި 10 ދުވަސް ނިމުމާއެކީގައި އަނެއްކާ ވެސް މިކަންކަން ބަލައި، އިތުރަށް ފިޔަވަޅު އެޅުމަށްފަހު ވީ އެންމެ އަވަހަކަށް ކޮވިޑްގެ ކަންތައްތައް އަނެއްކާ ވެސް ކޮންޓްރޯލަކަށް ގެނެވިއްޖެނަމަ ދެވެން ހުރި ލުއިތައް ވެސް ދެއްވާނެ ކަމަށެވެ.

Ads by Ooredoo
  1. ގިޓާ

    ޚިޔާލުދިނަސްއަޑުނާހައޭ ދެންކީއްކުރާޚިޔާލެއް