Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޒަމާން އަހަރެންނަށް ބުނެދިނެވެ.

ޒަމާން އަހަރެންނަށް ބުނެދިނެވެ.

އަހަރެންނަށް ކުޑައިރު ބުނެދީފައި ވަނީ، ހަނުހުރުން އެއީ ޙިކުމަތްތެރި މީހުންގެ ސިފައެއްކަމުގައެވެ. ނަމަވެސް، ޒަމާން އަހަރެންނަށް ބުނެދިނީ ހަނު ހުރުމަކީ މުޖުރިމުންނާއި، ޚާއިނުންގެ ވެސް ސިފައެއްކަމުގައެވެ.

އަހަރެންނަށް ކުޑައިރު ބުނެދީފައި ވަނީ، އަބުރުވެރިކަމަކީ ޢިއްޒަތްތެރިންގެ ސިފައެއް ކަމުގައެވެ. ނަމަވެސް، ޒަމާން އަހަރެންނަށް ބުނެ ދިނީ، ޢިއްޒަތްތެރިންގެ އަބުރެއް ނެތްކަމެވެ.

އަހަރެންނަށް ކުޑައިރު ބުނެދީފައި ވަނީ، ވައްކަންކުރާނީ މުޖުޠަމަޢުގައި އެއްވެސް އިޙްތިރާމެއް ޤަދަރެއް ނެތް މީހުންކަމުގައެވެ. ނަމަވެސް، ޒަމާން އަހަރެންނަށް ބުނެދިނީ، ވައްކަން ކުރަނީ ޤަދަރު އުފުލިގެންވާ މީހުންކަމުގައެވެ.

Advertisement
Ooredoo — Square (box)

އަހަރެންނަށް ކުޑައިރު ބުނެދީފައި ވަނީ އަހަރުމެން ކިޔެވީ އެއްފޮތަކުން ކަމުގައެވެ. ނަމަވެސް، ޒަމާން އަހަރެންނަށް ބުނިދިނީ އަހަރުމެން ކިޔެވީ އެތައް ބައިވަރު ފޮތްތަކަކުން ކަމުގައެވެ.

އަހަރެންނަށް ކުޑައިރު ބުނެދީފައި ވަނީ އަޅުވެތިކަމަށް އެއްވެސް މީހަކު ލޯބި ނުކުރާނެކަމެވެ. ނަމަވެސް، ޒަމާން އަހަރެންނަށް ބުނެދިނީ އަޅުވެތިކަމަށް ވެސް މީހުން ލޯބިކުރާކަމެވެ.

އަހަރެންނަށް ކުޑައިރު ބުނެދީފައި ވަނީ މި ދިވެހިރާއްޖެ އަކީ އަމާން ތަނެއް ކަމުގައެވެ. ނަމަވެސް، ޒަމާން އަހަރެންނަށް ބުނެދިނީ މި ބިމުގައި އަމާންކަމެއް ނެތްކަމެވެ.

އޭ ޒަމާނެވެ ...

ކުޑައިރު އަހަރެންނަށް ކަންކަން ބުނެދިން މީހުން އެގޮތަށް އެކަންކަން ބުނެދިނީ ކީއްވެހެއްޔެވެ ؟ އެމީހުން އަހަރެންނަށް އޮޅުވައިލީ ހެއްޔެވެ ؟ ނޫން ނަމަ ތިބާ އަހަރެންނަށް އޮޅުވައިލަނީ ހެއްޔެވެ؟

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް