ޚަބަރު

މާފުށިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 349 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ. މާފުށިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 349 އަށް އަރައިފިއެވެ.

Ads by STELCO

އެރަށު ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި  ކޮވިޑް ފެސިލިޓީގައި 7 މީހުން ފަރުވާ ހޯދަމުން އެބަދެއެވެ. އެރަށުން 20 އޭޕްރީލްއާ ހަމަޔަށް ޖުމްލަ 1332 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވެއެވެ.

މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާ ކުރީ އޭޕްރިލް މަހުގެ ފަހުކޮޅުގައެވެ. އަދި އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީނުގައި ނެތް މީހުންނެވެ. އެރަށުން ފެނިފައިވާ ކޭސްތަކާ ގުޅިގެން ގިނަ ގެތައް މިހާރު ވަނީ ކަރަންޓީން ކޮށްފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާ ވެސް ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އަދަދުތައް ކޮސްޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

އެގޮތުން މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުވެ، އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!