ބޮލީވުޑް

ދީޕިކާ ވެސް ކޮވިޑް-19 އަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް ދީޕިކާ ޕަދުކޯން އާއި އޭނާގެ އާއިލާގެ މެންބަރުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

ދީޕިކާ ވިކަގުތު ހުރީ އާއިލާއެކު ބެންގަލޫރުގައެވެ. އާއިލާއިން ފައްސިވެފައި ވަނީ ދީޕިކާގެ ބައްޕަ ޕްރަކާޝް ޕަޑްކޯން، މަންމަ އުޖާލާ ޕަޑްކޯން އަދި ކޮއްކޮ އަނީޝާ ޕަޑްކޯންއެވެ.

ކޮވިޑަށް ފައްސިވެ، ދީޕިކާގެ ސިއްޙީ ހާލަތާ ގުޅޭ ގޮތުން އޭނާ މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެއެވެ. އެހެން ނަމަވެސް ދީޕިކާގެ ބައްޕަ ޕްރަކާޝް ޕަޑްކޯން ވަނީ މިދިޔަ ބުދަ ދުވަހު ގަދަޔަށް ހުން އައިސް ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ.

ދާދި ފަހުން ދިޕިކާ ވަނީ މެންޓަލް ހެލްތާ ބެހޭ މަޢުލޫމާތު ހިމެނޭ ބައެއް ލިންކުތައް ސޯޝަލް މީޑިއާގައި ވެސް ޙިއްސާކޮށްފައެވެ. ދީޕިކާ ކޮވިޑަށް ފައްސިވި އިރު ހިންދީ ސިނަމާތަކުގައި ނަން ހިންގާ ބައެއް ތަރިން ވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ އިތުރުން އިންޑިއާގެ ކްރިކެޓް ޓީމުގެ މެންބަރުން ވެސް ހިމެނެއެވެ.

ދީޕިކާ އެންމެ ފަހުން ފެނިފައި ވަނީ "ޗަޕާކް" އިންނެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ފިލްމުތަކުގެ މަސައްކަތް އޭނާ ވަނީ ފަށައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!