އިސްދޫން ފައްސިވީ މީހުންގެ އަދަދު 16 އަށް

ލ.އިސްދޫން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.
އިސްދޫ ހެލްތް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، އެރަށުން 14 މީހަކު ފަހުން ކޮވިޑަށް ފައްސިވެފައި ވެއެވެ.
މިހާތަނަށް އެރަށުން 100 ސާންޕަލް ނެގުނުއިރު، ނަތީޖާ ނުލިބޭ 43 ސާންޕަލެއް މި ވަގުތު އެބައޮތެވެ. އަދި އެރަށުން ކޮވިޑް-19 އަށް ޓެސްޓް ކުރި 41 މީހަކު ވަނީ އެބައްޔަށް ނައްސިވެފައެވެ،
ކޮވިޑް-19 އަށް އިސްދޫން ފުރަތަމަ ފައްސިވެފައި ވަނީ އެއަތޮޅު ދަނބިދޫން ކޮވިޑް-19 ޖެހުނު މީހަކާ ކޮންޓެކްޓްވި މީހެކެވެ. އޭގެ ފަހުން އެ ކޭސްއާ ގުޅުން ނެތް އެ ރަށުން ގަމަށް ގެންދިޔަ ބަލި މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.