ޚަބަރު

އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ އަނބުރާ ހޯދަން ބޭރު މީހެއް އައްޔަންކުރަން ނަޝީދު ހުށަހަޅަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތް ކުރާނޭ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެފަރާތާއެކު އެ މަސައްކަތް ކުރުމުގެ ބާރު ޕާލިމަންޓަރީ ގްރޫޕަށް ދިނުމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޤަރާރެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

އެ ޤަރާރަކީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކައި ދައުލަތުގެ އެކި އިދާރާތަކުން ތަޙުޤީޤު ހިންގަމުންދިޔަ ނަމަވެސް، ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަޙުޤީޤުކުރެވި، ގެއްލިފައިވާ ފައިސާ ހޯދިފައި ނުވާތީއާއި، އަދި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ވެސް ހޯދިފައި ނުވާތީ، ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމާބެހޭ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު ޕާލިމަންޓަރީ ގްރޫޕަށް ދިނުމަށް ޤައުމީ މަޖިލީހަށް ހުށަހަޅާ ޤަރާރެކެވެ.

އެ ޤަރާރުގައި ބުނެފައި ވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާ ގުޅިގެން ގެއްލުނު ފައިސާ ހޯދުމަށާއި، ޚިޔާނާތުގެ ބައިވެރިން ހޯދުމަށްޓަކައި އެމައްސަލަ ތަޙްޤީޤު ކުރަމުންދަނީ، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ އަވަސް މިނެއްގައި އެޚިޔާނާތާ ގުޅޭ ތަޙްޤީޤު ހިންގިފައި ނުވާކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް ވެސް އެކަށީގެންވާ މަސައްކަތެއް ކުރަމުންދާތަން ފެންނަމުން ނުދާކަމަށެވެ.

އެ ޤަރާރުން، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހުރި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާއާއި މުދާ ބަންޑާރަ ނާއިބު މެދުވެރިކޮށް ހޯދައި، ދައުލަތަށް އެފައިސާ އާއި މުދާ ރުޖޫޢަ ކުރުމުގެ މަސައްކަތް އަލަށް އުފެދޭ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ފެއްޓެވުމަށް އެހީތެރިވެދޭނެކަމަށް ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކޮށްދޭނޭ ބޭރުގެ ފަންނީ މާހިރަކު ހޯދައި އެފަރާތާއެކު ކުރާންޖެހޭ އެންމެހައި މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން ކުރާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by Allied Insurance
  1. ފޫހި

    އިނގިރޭސިވިލާތުގެެ ރަހުމަތްތެރިއަކަށްް ފައިސާާ ތަކެއްދޭންވީީ. ބަލަަ އަދީބޭޭ އެންމެންނަށްބެހީީ ޢަދިި އޭނައޭޭ އެެ މުއްސަދިކަމުގައިި އެއުޅެނީީ ޢެކަމަކުު އޭނާާ އެހުރީީ އަރާމުގައިި ގޭގައިި.

  2. އެމްއެމް ފީއާރުސީގެ މައްސަލަ ބަލާކަ ބޭނުމެއްނޫން

  3. އައްޑަނަ

    ޑިގުރުވާލަން މޮޅުއެްޗެއް ބުނެލީ، ޚިޔާނަތްވި ވަރައްވުރެ ބޮޑުއެއްޗެއް ދާނެކަމައްފެނޭ

  4. ބޭބެ

    ނާސިސުޫރަތުގައި ވާފަހު2އާޔަތާއި މިކަލޭގެ ދައްކާގިނަވާހަކަތަކާހާދަގުޅެއޭ؟

  5. ޥަގުނަސިދުތިިރެވުމެ

  6. މުހައްމަދު

    ތިކަލޭގެ ރައްޔިތުންވެގެން މިގައުމުން ބޭރުކުރަންވެއްޖެނުން. ހަގީގަތް ފަޅާއަރާފާނެތީ ތެޅިފޮޅެނީ. އެފައިސާއިން އެންމެބޮޑު ފައިދާއެއްވީ އޭނަޔަށް.