Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ލަވައިގެ ދުނިޔެ ދޫކޮށްލި އިޝާންގެ މަދަހަ އަލްބަމެއް!

ލަވައިގެ ދުނިޔެ ދޫކޮށްލި އިޝާންގެ މަދަހަ އަލްބަމެއް!
2016 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ރިއަލިޓީ ޝޯވ , މޯލްޑިވިއަން އައިޑަލް އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އިޝާންގެ ފުރަތަމަ މަދަހަ އަލްބަމް ކަމުގައިވާ "ޒިކުރު" އަޑުއެހުންތެރިންނަށް ދޫކޮށްލައިފިއެވެ. "ދެން" އާ ވާހަކަ ދައްކަމުން އިޝާން ބުނީ، މި ގޮތަށް މަދަހަ އަލްބަމެއް ނެރެން އައި ޚިޔާލަކީ އިޝާން އާއި އޭނަގެ ގާތް ރަހުމަތްތެރިއަކާ ދެމީހުން ވާހަކަ ދެކެވި އައި ޚިޔާލެއް ކަމަށާއި، އެންމެ ފަހުން ނިންމީ މިކަން ކުރަން ކަމަށެވެ. މީގެ އިތުރުން އިޝާންއަކީ މީގެ ކުރިން ލަވަ ކިޔުމުގެ ދާއިރާގައި އުޅުނު މީހަކަށް ވުމުން، މިކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުން ކުރި ކަމެއް ކަމަށް ވެސް އިޝާން ފާހަގަ ކުރިއެވެ. އިޝާންގެ "ޒިކުރު" މަދަހަ އަލްބަމްގައި ޖުމްލަ ފަސް މަދަހައެއް ހިމެނެއެވެ. އެ ފަސް މަދަހައަކީ ވެސް އަމިއްލަ ފަސް ރާގުގެ މަދަހައެވެ. އެ ގޮތުން އިޝާންގެ އަމިއްލަ ތިން ރާގަކާއި އުމަރުގެ ދެ ރާގެއް އެ އަލްބަމްގައި ހިމެނޭ ކަމަށް އިޝާން ފާހަގަ ކުރިއެވެ. މީގެ އިތުރުން މި އަލްބަމްގެ މަދަހަތަކަށް ޅެން ހަދައިދީފައި ވަނީ ގާތް ރަހުމަތްތެރިންނާއި، އާއިލާގެ އިތުރުން ރަހުމަތްތެރިންގެ ރައްޓެހިން ކަމަށް އިޝާން ފާހަގަ ކުރިއެވެ. އެހެން ނަމަވެސް އަލްބަމްގައި ހިމެނޭ "ޖަންނަތު" ނަމަކަށް ކިޔާ މަދަހައިގެ ޅެމަކީ އިޝާންގެ އަމިއްލަ ޅެމެއް ކަމަށް އޭނާ ބުންޏެވެ.

އަލްބަމް - ޛިކުރު

1. ކައު ސާހިބާ
  • ޅެން: ޝިމްލާ އިބްރާހީމް
  • ރާގު: މުޙައްމަދު ޢިޝާން
2. ޛިކުރު
  • ޅެން: އަޙުމަދު ފަޔާޒް (ފިއްޓެ)
  • ރާގު: އަބްދުﷲ ޢުމަރު, މުޙައްމަދު ޢިޝާން

3. ކުރުން ހަނދުމަ

  • ޅެން: ޝާފިޢު ޢަލީ
  • ރާގު: މުޙައްމަދު ޢިޝާން

 4. ޖަންނަތު

  • ޅެން: މުޙައްމަދު ޢިޝާން
  • ރާގު: މުޙައްމަދު ޢިޝާން

 5. ލޮބުވެތި އުޚުތުން

Advertisement
Ooredoo — Square (box)
  • ޅެން: އަބްދުﷲ ޒައިދު
  • ރާގު: އަބްދުﷲ ޢުމަރު
މި މަދަހަ އަލްބަމްގެ ރެކޯޑިން ހަދައިފައި ވަނީ އިޝާންގެ ރަށް ތ.މަޑިފުށީގައެވެ. ހުރިހާ މަދަހައެއް ރެކޯޑިން އަދި ކޮމްޕޯޒިން ވެސް ހަދައިފައި ވަނީ އިޝާން އަމިއްލައަށް ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި މި މަދަހަތައް މިވަގުތު އަޑު އެހެން ހުންނާނީ ހަމައެކަނި ސައުންޑްކްލައުޑުން ކަމަށާއި، އެހެން ނަމަވެސް މާތްﷲ ގެ އިރާދަފުޅާއެކު ވަރަށް އަވަހަށް އެ މަދަހަތަކަށް ވީޑިއޯ ހެދުމަށް ފަހު ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ފެނިގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ. https://soundcloud.com/user-578361721

މިކަމުގައި އެެންމެ ފުރަތަަމަ ވެސް ޝުކުރު އަދާ ކޮށްލަން ބޭނުންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް. އެކަލާނގެ ރަޙުމަތްފުޅާ ނުލައި މި ކަމެއް ނުވާނެ. ދެން ހަމަ ގާތް ރަހުމަތްތެރިންނާ، ރަހުމަތްތެރިންގެ ރައްޓެހިންނާ، އާއިލާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން

އިޝާން

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް