ޚަބަރު

ހޮޓަލުން ވެސް ބޭރަށް ނުނިކުމެވޭނެ ކަމަށް ބުނި ބެންގަލޫރު ކުޅުންތެރިން މާލޭ މަގުމަތީގައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބައިތިއްބާފައި ތިބި ހޮޓަލުން ވެސް ނުނިކުމެވޭނެ ކަމުގެ ޔަގީންކަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ދެއްވާފައިވާ އިންޑިއާގެ ބެންގަލޫރުގެ އެފްސީގެ ބައެއް ކުޅުންތެރިން މާލޭ މަގުމަތިން އިއްޔެ ހަވީރު ފެނިއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި ބެންގަލޫރު ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައި ވަނީ އަމީރު އަހްމަދު މަގުން، މަޖީދިއްޔާ ސްކޫލު ކައިރިން މަސްވެރިންގެ ޕާކާ ދިމާލަށް ނުކުންނަނިކޮށެވެ. މަގުމަތިން ފެނުނު ކުޅުންތެރިންގެ ތެރޭގައި ބެންގަލޫރު އެފްސީގެ އެރިކް ޕާޓަލޫ ވެސް ހިމެނެއެވެ. އޭނާ ހުރީ ކަޅުކުލައިގެ ޕޫމާ ޓީޝާޓަކާ ބެންގަލޫރު އެފްސީގެ ލޯގޯ ޖަހާފައިހުރި ކަޅު ސޯޓެއް ލައިގެންނެވެ. ޕޫމާއަކީ ބެންގަލޫރުގެ ކިޓް ސްޕޮންސަރު ބްރޭންޑެވެ.

އޭއެފްސީ މެޗަށް ޓީމުތައް ރާއްޖެ ގެނެސްފައި މި ވަނީ، ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައި ވަނިކޮށެވެ. އެހެންކަމުން މިދުވަސްވަރު އެ މެޗުތައް ބާއްވަން އެތައް ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ.

ނަމަވެސް ކުޅިވަރު ވަޒީރު އަހުމަދު މަޙްލޫފް ވިދާޅުވީ، މެޗުތަކާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ދާނީ ސަލަމާތީގޮތުން އެންމެ ފުރިހަމަ ފިޔަވަޅުތަކާ އެކު ކަމަށެވެ. އަދި އެއްވެސް ކުޅުންތެރިއަކަށް ވެސް އަދި އެއްވެސް އޮފިޝަލަކަށް ވެސް ޓީމު ތިބޭ ހޮޓަލުން ބޭރަށް (އެއްވެސް ކަމަކު) ނުދެވޭނެ ކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

"އެންމެން އެއް ހޮޓަލަށް ވަންނާނެ، އެތަނުން ނުވެސް ނުކުމެވޭނެ، ފުލުހުން ބައިތިއްބަން ޖެހިއްޖެއްޔާ ފުލުހުންވެސް ތިބޭނެ އިނގޭތޯ. އަދި ވަނުމުގެ ކުރިން މި އެންމެން ޕީސީއާރު ޓެސްޓް ހަދާނެ. އަދި އެއަށް ވުރެ އޭއެފްސީގެ ގައިޑްލައިން ސްޓްރިކްޓް އިނގޭތޯ. މި ހަމަ އެއް ބަބްލްއެއްގެ ތެރޭގައި ހިނގާނެ ކަމެކޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އުއްމީދު ކުރަނީ ހަމަ މިކަން ނިމިގެންދާއިރު ވެސް ވަރަށް ސަލާމަތާ ރައްކާތެރިކަމާ އެކު ކުރެވިގެންދާނެ ކަމެއްކަން." މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް އައި އެ ކުޅުންތެރިން ކަރަންޓީނު ވާކަށް ވެސް ނުޖެހެއެވެ. އެކަމާ ވެސް އެތައް ބަޔަކު ފާޑުކިއެވެ.

Ads by PNC
  1. ީއިލާސް

    ޟަހުލޫފްް ހަމައެންނޫން