ޚަބަރު

ފީއަލީން އިތުރު 8 މީހަކު ފައްސި، ރަށުތެރެއަށް ބަލި ފެތުރި ނުރައްކާ ވަރަށް ބޮޑު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފ. ފީއަލިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 78 އަށް އަރައިފިއެވެ.

Ads by STELCO

“ދެން” އަށް މައުލޫމާތު ލިބުނު ގޮތުގައި، ފީއަލިން މިރޭ ފައްސިވި އަށް މީހުންނަކީ ވެސް އަލާމާތްތައް ފެނުމާ އެކު ރަށު ފުލޫ ކްލިނިކަށް ދެއްކުމުން ފައްސިވި މީހުންނެވެ.

މިއާއެކު އެރަށުން ފައްސި މީހުންގެ އަދަދު 78އަށް އަރައި، މި ވަގުތު އެރަށުގައި ފައްސިވެފައި ތިބި އެކްޓިވް ކޭސްގެ ގޮތުގައި، 69 މީހުން އެބަތިއްބެވެ. އަދި 50އަށް ވުރެ ގިނަ ގެ ކަރަންޓީނު ކުރެވިފައިވާ އިރު، އިތުރު ފަރުވާއަށް އެކަކު ވަނީ މާލެއަށް ފޮނުވައިފައެވެ. އަދި ޖުމުލަ 9 މީހަކު މިހާރު އެ ރަށުން ވަނީ ބަލިން ފަސޭހަ ވެފައެވެ.

Ads by Ooredoo
  1. ތަގަރި

    އަދިވެސް ބަލާށޭ މަރުކަޒް މީހުން މެޗް ކުޅެވޭތޯ