Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19: 4 މީހަކު ފައްސިވެ ކަނޑިތީމު މޮނިޓަރިންއަށް

ކޮވިޑް-19: 4  މީހަކު ފައްސިވެ ކަނޑިތީމު މޮނިޓަރިންއަށް

ށ.ކަނޑިތީމުން 4 މީހަކު ފައްސިވެ އެ ރަށް މޮނިޓަރިން ހާލަތަށް ލައިފިއެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އާމިނަތު އަހުމަދު “ދެން” އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ 10 މެއި 2021 ވަނަދުވަހުގެ އެ ރަށުން ރެންޑަމްކޮށް ނެގުނު 5 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލްއެއް ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށެެވެ. އަދި އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވެސް އާމިނަތު ވިދާޅުވިއެވެ.

އެ ރަށް މިހާރު މޮނިޓަރިން ހާލަތަށް ގެނެވިފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް ނިމެންދެން އެ ރަށުގެ ކެފޭ، ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

Advertisement
HDC — Sidebar (box)

“ދެން” އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ރަށުން ފައްސިވި މީހުންގެ ތެރޭގައި މާލެއަށް ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިން ވެސް ހިމެނެއެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ފައްސިވާ އަދަދުތައް ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. އިއްޔެގެ ނަތީޖާއަށް ބަލާއިރު 1،229 މީހުން ފައްސިވެފައި ވަނީ މާލެ ސަރަޙައްދުންނެވެ. އަދި އަތޮޅުތެރެއިން 265 މީހުން ފައްސި ވެފައިވާ ކަމަށާއި ހިންގަމުން އަންނަ ރިސޯޓުތަކުން ހަތް މީހުން ފައްސިވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް