Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބަރަހަނާ ހާލުގައި އޮތް އިންޑިއާ ޓީޗަރަކު ކުރިނބީ ގޮނޑު ދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވެފައިި އޮތް މީހަކު ހދ.ކުރިނބީ ގޮނޑުދޮށުގައި އޮއްވާ ފެނިއްޖެއެވެ.

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އިންޑިއާގެ އަންހެން ޓީޗަރެކެވެ.

ކުރިނބީ ކައުންސިލް މެންބަރު މުޙައްމަދު ޝާފީ ވިދާޅުވީ، މިމީހާ ފެނިފައިވަނީ އެރަށު ހުޅަނގު ފަރާތު ރާޅުޖަހާ ހިސާބުގައި ކަމަށެވެ. އަދި އެމީހާގެ ފެނިފައި ވަނީ 8:40 ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އޭނާ ގެއިން ނިކުތީ އިޝާ ނަމާދަށް ބަންގި ގޮވި ފަހުން ކަމަށާއި ގެއިން ނިކުތީ ބެޑްޝީޓެއް ގައިގައި އޮޅައިގެން ކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ.

އޭނާ މަރުވީ ކީއްވެކަން އެނގިފައި ނުވި ނަމަވެސް އޭނާގެ ފިރިމީހާއާ މައްސަލަ ޖެހިގެން އުޅޭ ކަމަށް އެނގިފައި ވެއެވެ. ފިރިމީހާ މަސައްކަތް ކުރަނީ ރާއްޖޭގެ އެހެން ރަށެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އޭނާ މަރުވީ އަމިއްލައަށް ކަމެއް ވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ކުޅުއްދުއްފުށީގައި ތިއްބަވާ ފުލުހުން ، މި މައްސަލަ ބެލުމަށްޓަކައި މިހާރު ކުރިންބަށް ދަތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މި ދުވަސްވަރަކީ އުތުރަށް ވެސް ވަރަށް ބޮޑަށް މޫސުމް ގޯސް ދުވަސްވަރެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް