Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލައިގައި އެމްއެމްއޭ އަދި ބީއެމްއެލް ގެ ވެރިންނަށް ފިޔަވަޅު އަޅަން ޝިޔާން ގޮވައިލައްވައިފި

އެމްއެމްޕީއާރްސީ މައްސަލައިގައި އެމްއެމްއޭ އަދި ބީއެމްއެލް ގެ ވެރިންނަށް ފިޔަވަޅު އަޅަން ޝިޔާން ގޮވައިލައްވައިފި
އެމްއެމްޕީއާރްސީ މައްސަލައިގައި އެމްއެމްއޭ އަދި ބީއެމްއެލްގެ ވެރިންނާއި މުވައްޒަފުންނަށް ފިޔަވަޅު އަޅަން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ގޮވައިލައްވައިފިއެވެ. ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މުޅި މައްސަލަ ހިންގުވުމަށް އެހީތެރިވެދެއްވި އަސްލު މީހުން ތިބީ އޭރުގެ އެމްއެމްއޭއާއި ބީއެމްއެލްގައި ކަމަށެވެ. އެހެންކަމުން އެ ތަންތަނުގެ ޒިންމާދާރު ވެރިންނާއި، މުވައްޒަފުން އިހުމާލު ވެފައިވޭތޯ ބަލައި، އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާކަމަށެވެ. https://twitter.com/hassanshiyaan/status/1392553395265806337?s=21 ޝިޔާން މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރސީގެ ޚިޔާނާތް ތަޙްޤީޤްކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އުފެއްދި ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން އާއްމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ 281 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އާންމު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް