ޚަބަރު

ދިއްދޫ އަދި ފީއަލީގައިވެސް ކާފިއު އިއުލާންކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހއ. ދިއްދޫ އަދި ފ.ފީއަލީގައި ރޭގަނޑު 9 އިން ފަތިހު 4އަށް ކާފިއު އިޢުލާންކޮށްފިއެވެ.

Ads by STELCO

އެޗްޕީއޭއިން ވިދާޅުވީ، ރޭގަނޑު 9 އިން ފެށިގެން ފަތިހު 4އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން 16 މެއި އިން ފެށިގެން 1 ހަފްތާއަށް މަނާ ކުރާ ކަމަށެވެ.

މީގެ އިތުރުން މިމުއްދަތުގެ ތެރޭގައި، ޓޭކްއަވޭ ޚިދުމަތް ފިޔަވައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަން ވެސް ވަނީ އަންގައިފައެވެ.

މިދެ ރަށުގައި އަޅައިފައިވާ އިތުރު ފިޔަވަޅުތަކަށް ބަލާއިރު، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލަން ވަނީ އަންގާފައެވެ. އަދި .ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލަން ވެސް ވަނީ އަންގާފައެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް 50 ރަށެއް ވަނީ މޮނިޓަރިންގްގެ ހާލަތަށް ގެނެވިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!