ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދޭން ހާއްސަ ހަރަކާތެއް!

ދިވެހިން ވެސް ފަލަސްތީނާއެކު ތިބިކަން އަންގައިދޭން ޚާއްސަ ހަރަކާތެއް ކުރިޔަން ގެންދަން ނިންމަފިއެވެ.
ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ހަރަކާތަކީ ގޭގައި ތިބެގެން ބައިވެރިވެވޭނޭ ގޮތަށް ރާވާފައިވާ ހަރަކާތަކެވެ. މި ހަރަކާތް އިންތިޒާމު ކުރާ ޒުވާނަކު ބުނީ މި ހަރަކާތުގެ މަޤްސަދަކީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވަމުންދާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެ ގައުމާއެކު ތިބިކަން އަންގައި ދިނުން ކަމަށެވެ. އަދި އަހަރެމެން މިއީ އެއް އުއްމަތެއްގެ އަދި އެއް މިއްލަތެއްގެ ބަޔަކަށް ވާއިރު ހުރިހާ ދިވެހިން ވެސް މި ކަމުގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ޒުވާނުން ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ މި ހަރަކާތުގައި ބައިވެރިވުމަށް ކޮންމެ ގެއަކުން ވެސް އެ ގައުމުގެ ދިދަ އާއި ދިވެހި ދިދަ ހިފައިގެން ގޭގޭގެ ދޮރުމައްޗަށް ނުވަތަ ބެލްކަންޏަށް ނުކުތުން އެދޭ ކަމަށެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި އަންނަ އަންގާރަ ދުވަހުގެ 16:00ގައެވެ.
ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް މިދިޔަ ހަފްތާތެރޭގައި ޒުވާނުން އިސްނަގައިގެން ސައިކަލު ބުރެއް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެހެންނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން މި ހަރަކާތް ވަނީ ފުލުހުން ހުއްޓުވައިފައެވެ.
ފަލަސްތީން ދިދަ ވިއްކަން ހުރި ތަނެއް އިނގޭތަ އެއްވެސް ކުއްޖަކަށް.
ދިދަ ހުރި ތަނެއް ބުނެދީބޭ ހެޔޮހިތުން ތި އިންވެންޓް ގަ ބާވެރިވާން ބޭންނުން