ޚަބަރު

ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެރަރިޒަމާ ދެކޮޅަށް އައްޑޫސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރުކޮށްފިއެވެ.

Ads by STELCO

ޓެރަރިޒަމާ ދެކޮޅަށް އައްޑޫސިޓީގައި އިއްޔެ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ ހަތް މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހަކު 15 ދުވަހަށް އަދި ބާކީ ތިބި ހަތަރު މީހުން 7 ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގާ މި އޮޕަރޭޝަންތަކަކީ، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާއަކާ ގުޅިގެން ހިންގަން ފަށައިފައިވާ އޮޕަރޭޝަން ތަކެކެވެ.

އެ ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ހަތަރު އޮޕަރޭޝަނެއް ކުރުމަށް ފަހު، ރައީސް ނަޝީދު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!