ޚަބަރު

އެމްއެންޑީއެފްގެ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ ޑިސްޕްލޭ ކޮށްދިނުމަށް ޑރ. މުޢިއްޒު އެދިވަޑައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިރާއްޖެ ތިބީ ފަލަސްތީނާއެކުކަން ރަމްޒުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފްގެ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ ޑިސްޕްލޭ ކޮށްދިނުމަށް މާލެސިޓީގެ އިންތިހާބީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

ޑރ. މުޢިއްޒު މިގޮތަށް އެދިވަޑައިގަތީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

"އަޅުގަނޑު ހިތަށް އަރާ ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކުވައި ދިނުމުގެ ގޮތުން އެމްއެންޑީއެފްގެ އިމާރާތުގައި މާލޭގެ މަލަމައްޗަށް ވާގޮތަށް ހުންނަ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ ޑިސްޕްލޭ ކޮށްލެވިދާނެ ބާއޭ" މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ އެ ޓްވީޓުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ޓެގް ކުރައްވާފައި ވެސް ވެއެވެ.

އިޒްރޭލުގެ ނުބައި ޔަހޫދީ ސިފައިން، ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ އަނިޔާތައް ދިވެހިން ދަނީ ކުށްވެރިކޮށް އެ ހަަމަލާތައް ހުއްޓުވުމަށް ގޮވައިލަމުންނެވެ. އަދި އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކާއި ކުންފުނިތައް ބޯއިކޮޓް ކުރުމަށް ވެސް ދަނީ ގޮވައިލަމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވެސް ވަނީ ގޮވައިލައްވައިފައެވެ.

Ads by Ooredoo
  1. އާދަނު

    އެކަމެއް ނުކުރާނެ ރާއްޖޭގަ އޮތީ އެއް ލީޑަރ ގޮއްވާލާފަ އަނެއް ލީދަރު ވައްކަން ކޮއްފަ ސިޔާސީ ކަންކަމާ ހެދި ހައްދުފަހާނަ އަޅާފަ ތިބި ބައެއް ރާއްޖޭގަ ތިބެނީ މިކަހަލަ މުހިންމު ކަންކަމަށް ގިނަ ދިވެހިންނެއް ނޫޅޭ

  2. ރާއަލިފް

    އާނ ދެންހުރި މަރުމޯލު ލީޑަރު ލިބުނު ހާ ނޭވާހޮޅި ގޮހޮރަން އެޅީމާ މަދުވެގެން ދުވާލަކު 3 މަރު ދެން ގިނަވޭ!

  3. ޜަހޔިތ

    އިންޑިއާއިން ގަބޫލެއްނުވާނެ އެހެންވީމަ ވާނެކަމެއްނޫންތި