ޚަބަރު

ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ދަރަވަންދޫގައި ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ބ. ދަރަވަންދޫގައި ފަށައިފިއެވެ.

Ads by Sosun Fihaara

އެ ރަށުގައި އޮޕަރޭޝަނެއް ހިންގާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ނަމަވެސް "ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ދަރަވަންދޫގައި ފަށައިގެން އުޅެނީ ނިރުބަވެރިކަމާއި (ޓެރަރިޒަމްއާ) ދެކޮޅު އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި އެމްއެންޑީއެފްއިން ބައިވެރި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ރާއްޖޭގެ ސަލާމަތީ ކަންކަން އެއް ލެވެލް މަތިކޮށް، އެކި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.

އެގޮތުން މީގެ ހަތަރު ދުވަސް ކުރިން އައްޑޫސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ 7 މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ވެސް ނިރުބަވެރިކަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!