Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދަރަވަންދޫން ހައްޔަރު ކުރީ ކައިވެނި ކުރަން އެރަށަށް ގޮސްހުރި ލ.ގަމުގެ ޒުވާނެއް

ބ.ދަރަވަންދޫގައި މިރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރީ ލ.ގަމުގެ ޒުވާނެއް ކަމަށް ދަރަވަންދޫން މައުލޫމާތު ދީފިއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުގައި ފާތިހު ނަމަކަށް އެ ޒުވާނާ ދަރަވަންދޫއަށް ގޮސް ހުރީ ކައިވެނި ކުރުމަށެވެ. އަދި އޭނާ ކައިވެނި ކުރަން ގޮސްހުރީ ކުއްޖާއާއި އާއިލާގެ ރުހުމުގައި ކަމަށާއި އޭނާ އެ ރަށުގައި ހުރީ ވެސް އަންހެން ކުއްޖާގެ ގޭގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ފުލުހުން މިހާރު ވަނީ ފާތިހު ގޮވައިގެން ދަރަވަންދޫން ފުރައިފައެވެ.

Advertisement
Ooredoo — Square (box)

ފާތިހުއަކީ މީގެ ކުރީން ކެބިން ކުރޫއެއްގެ ވަޒީފާގައި އުޅުނު ޒުވާނެކެވެ. ނަމަވެސް ވަޒީފާ ދޫކޮށްލައި އޭނާ ގަމުގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަކީ ސްނާމީ ކާރިސާއަށް ފަހު ގަމަށް ހިޖުރަކުރި ކަޅައިދޫ ރައްޔިތެކެވެ. ހިޖުރަކުރި އެންމެން ވެސް މިހާރު ވަނީ އެމީހުންގެ ރަޖިސްޓްރީ ގަމަށް ބަދަލު ކޮށްފައެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ފުލުހުން ދަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ މީހުންނާއި އެ ފިކުރު ފަތުރާ ފަރާތްތައް ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް