ޚަބަރު

ކުއްޖަކާމެދު އެފަދަ އަމަލެއް ހިންގައިފާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވިދާޅުވެ ގާސިމް، އީސަގެ ފަހަތުގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައާ ދެކޮޅަށް ފުލުހުންނަށް ހުށައަޅާފައިވާ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ، އަހުމަދު އީސާ ދިފާއު ކުރައްވައިފިއެވެ.

Ads by STELCO

ޤާސިމް ވިދާޅުވީ ލޯބިވާ ތުއްތު ކުއްޖަކާމެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށާއި، އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދައިފާނެ ކަމަށެވެ.

މަޖިލިސް މެންބަރުން ހިިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ގާސިމް ވިދާޅުވީ އީސަ އިނީ އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ އުރައިގެން ކަމަށާއި، އީސަގެ ފޯނުގެ ޕްރޮފައިލް ޕިކްޗާގައި އިނީ އެ ފޮޓޯ ކަމަށެވެ. އަދި އެފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށާއި އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެކަމަށް ގާސިމް ވިދާޅުވިއެވެ.

"އީސަގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަން ޖެހޭނީ އެއްވެސް މީހަކު ހައްޔަރުނުކޮށް، އެއްވެސް މީހަކު ބަންދުގައި ނުބަހައްޓައި އަދުލުވެރިކަމާ އެކު އިންސާފުން" އެ ގުރޫޕްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ ޤާނޫނު އޮތީ ވަރަށް ބޮޑަށް އަންހެނުން ހިމާޔަތްކުރާ ޤާނޫނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ގާސިމް ވަނީ އެ ގާނޫނަށް ފާޑުވިދާޅުވެފައެވެ.

Ads by Allied Insurance
  1. ފަޔާޒް

    ހަގީގަތުގަ ވެސް ބ.ގާސިމަކީބޯހަމަ ޖެހޭމީހެއްނޫން.ތަނެށްދޮރެށް ދަންނަ މީހެއްނޫން. މީނައެބުނި ގޮތުން ވިއްޔާމީނަ މިގެންގުޅެނީމުޅިން ވެސް ދޮގުވެރި އަންހެނުން ކަން ވަރަބޮޑަށް އެގިގެން ހިގައްޖެ.

  2. ކާޅުގެ ކާފަ

    ޤާސިމުގެ އަނބިންތައް ކޮންމެފަދަވާހަކައެއް ޤާސިމާބެހޭގޮތުން ދެއްކިޔަސް ކޮންމެ ކޮންމެ އަހެނަކު ނުދައްކާނެ! ބަލަ ޤާސިމާ އަންހެނުންނަކީ ޤާސިމު ހީކުރާކަހަލަ ނިކަމެތި ބައެއް ނޫނޭ! އެނގޭތަ؟