ޖިދާދު އެހަދަނީ ދޮގު! އެވަގުތު އޭނަ ގެއަކު ވެސް ނެތް: ގާތުން އެ މަންޒަރު ފެނުނު އެކަކު
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށާއި އެ ދެމީހުންގެ ދަރިފުޅު ލޫތުއަށް އަނިޔާ ނުކުރާކަމަށް ބުނެ، އަދި އެ ހާދިސާ ހިނގިއިރު އެތަނުގައި ހުރި ކަމަށް ބުނެ އީސަގެ ދޮށީ ދަރިފުޅު މުޙައްމަދު ޖިދާދު ހަދާފައިވަނީ ދޮގެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެ ހާދިސާ ހިނގި ދުވަހު އެތަނަށް އެންމެ ފުރަތަމަ ދިޔަ އެކަކު، ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން ބުނީ އީސަ އަނިޔާ ކުރާތީ އެންމެ ފުރަތަމަ ވެސް އަސްރާ ގުޅީ ޖިދާދުއަށް ކަމަށެވެ. ނަމަވެސް އެ ރޭ ޖިދާދު ގެއަށް ގޮސްފައި ނުވާ ކަމަށާއި އެ ދުވަހު ހެނދުނު 10 ޖެހިއިރު ވެސް ގެއަށް ނާންނަކަމަށް އެ މީހާ ބުންޏެވެ.
"އޭގެ ފަހުން ގުޅީ އޭނާގެ (އަސްރާގެ) ދޮންބެ ހައިދަރު ނަސީމްއަށް. އަސްރާ އުޅޭ ގެއަށް ދިޔައީ ހައިދަރުއާއި އަހުމަދު އަޝްހާދު. އަޝްހާދަކީ އަސްރާގެ ދެބެންގެ ދެ ދަރި ކުއްޖެއް" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
އޭގެ ފަހުގައި އަސްރާގެ ތުއްތަ ޝަޒްރާ ނަސީމް ވެސް އެގެއަށް ގޮސްފައިވާ ކަމަށާއި، ފުލުހުން އެތަނަށް ދިޔައިރު ވެސް އަސްރާގެ އާއިލާގެ އެ މެމްބަރުން އެތާ ތިބިކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
"އޭރުވެސް ޖިދާދު އެތަނަށް ނުދޭ. ކަން ހިނގި ގޮތް ފެނުން ކަމަށް އޭނަ (ޖިދާދު) ބުނާއިރު އެތަނުގައި ނެތް މީހަކަށް ކިހިނެއް ފެންނާނީ؟" މައުލޫމާތު ދިން މީހާ ބުންޏެވެ.
ފުލުހުންގެ އެހީގައި އެތަނުން އަސްރާ ހޮސްޕިޓަލަށް ގެންގޮސްގައި ވަނީ5:30 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި އަސްރާގެ ވައަތުގެ ކޮނޑާއި ފަޔަށް އަދި އެކި ތަންތަނަށް އަނިޔާވެފައި ހުއްޓެވެ. އަދި ބައެއް ތަންތަން ދުޅަވެ ނޫފައިގެންފައި ހުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އީސަގެ ދަރި ޖިދާދު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނަގެ ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތެއް ކަމަށާއި އީސައަކީ ބާރަށް ބަހެއް ވެސް ބުނެ އުޅޭ މީހެއް ނޫން ކަމުގައެވެ.
ިއަހަރެންގެ ސުވާލު ވަރިވެފާ ހުރިރު މިހެކާރިީ ހުރީ މިހާދުވަސް ވަންތެން ކިކުރަން އެހާ އަނިޔާކުރާރު މިހަގީއެގު އުލުނީ އަޒު އޭނިކަމެތި ބަޔެނޫން ނިކަމެޗެނަމަ ބުނެވިތާނެ ވަނާނެދަނެ ނެދީމަޔޭ އުލުނީ ުހަމަހުރެފާ އަނިޔާ ނުކުރާާނެ އެވެސްމިީހެެއް އަނިޔާ ނުކުރާނެ އަހަރެންވެސް ނަފުރަތު ކުރަން އަނިޔާ ކުރާާ މިހުނާ ތިބުނާވަކުދު އޭނަޔަ ފޯނު ކުރިތޯ ފުލުހުނަ ބެލޭނެ ދޮކު ހަދަނީ ކޮން ފަރާތެތޯވެސް ބެލޭނެ
މުސްކުޅިން ބުނެއުޅޭ ހަރުބެއް ނުމޮށޭ ގުރާބާރައް
ދަޔްއަޅާނެ ޔޯ
އަސްރާ ނަސީމަކީ ނައިބު ރައީސް ފައިސަލްގެ ސިސްޓަރ. މިކަމުގައި ޢާއިލީ ނުފޫޒެއް ތިކަމުގައި އޮތް މިންވަރެއް މި ނޫހުން ބަލާލަދެއްވުން އެދެން
ތީނައަށް ހަމަ ހައްޤުއަދަބު ދޭންވީ. ހުދުކާފޫރަށް ހަދާނެ ކަމެއް ނެތް ކޮންމެހެން
ކިތައްމެވަރަކަށް ފެލިޔަސް ނުކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެއް
އަސްރާ އެހަދަނީހުސްދޮގު މިހާދުވަސްވަންދެންއެގޭގާއުޅޭކައްނުޖެހޭނެ ވަރިކުރީމަނުކުމެގެންދާވީނު ތިހާދަށުދަރަޖާމީހެއްތަ އެއީ
ރަގަޅު ވާހަކައެއް. ނިކަމެތި މީހެއްނަމަ ގަބޫލު ކުރެވުނީސް. ނައިބުރައީސް ގެ ޢާއިލާ ވީމަ އީސަ އަށް ފެންވަރު ދައްކާލަން އުޅުނީ ކަމަށް ބެލެވޭ.