ޚަބަރު

ކަރަންޓީނުގައި ހުރި މީހަކާ އެއްތާވުމުގެ ސަބަބުން ކިނބިދޫ ކޮމިޔުނިޓީ ސްޕްރެޑަކަށް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މާލެއިން ތ.ކިނބިދޫއަށް ދިޔަ މީހަކު ކަރަންޓީނުގައި ހުއްޓައި އެހެން މީހުންނާ ބައްދަލު ކުރުމުން އެ ރަށުން  ދެމީހަކު ކޮވިޑަށް ފައްސިވެ ރަށަށް ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެއްޖެއެވެ.

Ads by Hajj Corporation

"ދެން"އަށް މައުލޫމާތު ދެއްވަމުން ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ޙުސައިން ވިދާޅުވީ ފައްސިވި ދެމީހުންނާ އެއްތާވި މީހުން ދެނެގަނެވި 33 ގެއެއް ކަރަންޓީނަށް ލެވިފައިވާ ކަމަށެވެ. އަދި ރަށް ކޮމިޔުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަމަށް ޞިއްޙީ މަރުކަޒާ ހަވާލާދީ އަލީ ހުސައިން ވިދާޅުވިއެވެ.

ފައްސި ކޭސްތަކެއް ފެނުމާއެކު ކިނބިދޫ މިހާރު ވަނީ މޮނިޓަރިންއަށް ލައިފައެވެ. އަދި އެއްތާވި މީހުންގެ ސުންކު ނެގުމުގެ މަސައްކަތް މިހާރު އެރަށުގައި ކުރިއަށް އެބަދެއެވެ.

ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ރާއްޖޭގެ 68ރަށެއް މިހާރު ވަނީ އަރައިފޭބުން މަނާކޮށް މޮނިޓަރިންއަށް ލައިފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީއާއި އުތުރާއި ދެކުނުގެ ގިނަ ރަށްރަށެއް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!