ދ.އަތޮޅު ހޮސްޕިޓަލްގައި ރޭޑިއޮލިޖިސްޓެއް ނެތް، މާބަނޑު އަންހެނުން މާލެ އަންނަން ޖެހޭތީ ކަންބޮޑުވުން!
ދ.ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ރޭޑިއޮލިޖިސްޓެއް ނެތުމުން މާބަނޑު މީހުން ސްކޭން ކުރުމަށް ، ކޮވިޑްގެ ނުރައްކާތެރިކަން ބޮޑު މާލެއަށް އަންނަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން އެ އަތޮޅުގެ ރައްޔިތުން ފާޅުކޮށްފިއެވެ.
"ދެން"އަށް މައުލޫމާތު ދެމުން ކުޑަހުވަދޫ މީހަކު ބުނީ މިހާލަތުގައި މާލެއައުމަކީ ކޮވިޑަށް ހުށަހެޅުން ކަމަށާއި ރޭޑިއޮލޮޖިސްޓެއް ނެތުމުން އެކަމުގެ ދަތިކަން އިންތިހާއަށް ފޯރާކަމަށެވެ.
"ކުރިން ދަނީ ލާމު އަތޮޅަށް (ގަމު ރީޖަނަލް ހޮސްޕިޓަލަށް) އެކަމަކު ކޮވިޑާ ހެދި އެ އަތޮޅު ވެސް ބަންދު ، މިހާރު ދެން ކޮންމެ ގޮތެއް ވިޔަސް ، ނުރައްކާތެރިކަން އޮތް އިރު ، ކިތަންމެ ބޮޑު ޚަރަދެއް ކޮށްގެން ވެސް ދާން މި ޖެހެނީ މާލެ" ކުޑަހުވަދޫ ރައްޔިތަކު ބުންޏެވެ.
މިކަމާ ގުޅިގެން ދ.އަތޮޅު ހޮސްޕިޓަލްގެ ޒިންމާދާރު ވެރިޔާ އައިޝަތު ވިދާޅުވީ މާބަނޑު އަންހެނުންގެ ސްކޭންތައް ހޮސްޕިޓަލްގައި ކުރެވޭ ކަމަށާއި ނަމަވެސް ބަނޑަށް ފަސްމަހުގައި ކުރާ އެނޯމަލީ ސްކޭން ކުރެވޭނީ ރޭޑިއޮލޮޖިސްޓަކަށް ވާތީ އެ ސްކޭން ކުރެވެން ނެތް ކަމަށެވެ. އަދި އެކަމުގެ ދަތިކަން އޮތްކަން ފާހަގަ ކުރައްވާ އައިޝަތު ވިދާޅުވީ އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދައިލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ދާދިފަހުން ދ.އަތޮޅުން މާލެ އައި މާބަނޑު އަންހެނަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭނާ މިހާރު ވަނީ އެނބުރި ރަށަށް ގޮސް ކަރަންޓީނު ފުރިހަމަ ކޮށްފައެވެ. އަދި އޭނާގެ ރިލީސިން ސާމްޕަލްގެ ނަތީޖާ ވަނީ ނައްސިވެފައެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކްރީ ވިދާޅުވީ މިހާރު ވެސް އެ ރަށުގައި މާބަނޑު 30 އަންހެނުން އެބަތިބި ކަމަށާއި އެ ސްކޭންއަކީ ވަރަށް މުހިންމު ސްކޭންއަކަށް ވުމާއެކު އެ ޚިދުމަތް ރަށުން ލިބޭގޮތް ވުމަކީ ރަށަށާއި އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.
ކުޑަހުވަދޫ ހޮސްޕިޓަލްގައި ސްކޭން ކުރެވޭނެ ވަޞީލަތްތައް ހުރި ނަމަވެސް ޚާއްޞަ ސްކޭންތައް ނުކުރެވެނީ ރޭޑިއޮލިޖިސްޓެއް ނެތުމުގެ ސަބަބުންނެވެ. މީގެ ކުރީން އެކި ދުވަސްވަރުމަތީން ރޭޑިއޮލޮޖިސްޓުން އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއެވެ.
ސަރުކާރުން މިކަމަށް އަވަސް ހައްލެއް ދެއްވާނެ ކަމަށް އުންމީދު ކުރަން.
ތި ހޮސްޕިޓަލަށް ވުރެ ކަޑަކޮށް ހިންގާ ހޮސްޕިޓަލެއް އަދި ސިއްހީމަރުކަޒެއް ވެސް މިރާއްޖެއަކު ނުހުންނާނެ ޑރ ޖެންސުން ކުރުން މައިގަނޑު ގޮތެއްގައޮންނާނީ
ދ.އަތޮޅު ހޮސްޕިޓަލުގަ އެއްއިރަކުވެސް ރޭޑިއޮލޮޖިސްޓެއް ނުުހުރޭ. އަބަދުވެސް މާބަޑު މީހުން ދަނީ މާލެ. ނަމަވެސް މިސަރުކާރުން ހޮސްޕިޓަލަށް ދަނީ ހެޔޮ ބަދަލުތަކެއް ގެންނަމުން. އެގޮތުން ޑެންޓަލްގެ ހިދުމަތާ ކޯވިޑަށް ޓެސްޓު ކުރެވޭ މިސަރަހައްދުގެ އެންމެ ބޮޑު ލެބުގެ ހިދުމަތްވެސް މިހާރު ދަނީ ލިބެމުން
ތިޔަ ބުނާ ސުކޭނު ހަދާ މެސިނަކީ ވެސް ހަލާކުވެފަ އިން އެއްޗެއް. ދެފަހަރު ހަމައައް ކުއްޖާގެ ވިންދެއް ފެއްނަނީއެއްނޫ
ތީ އިތުރުފުޅެއް. މާބަނޑު މީހުންގެ ސްކޭނުހަދާ 2 3 މެޝިން ކުޑަހުވަދޫ ހޮސްޕިޓަލުގަ ހުންނާެ. ދެ މެޝިނަކީ މައްސަލަނެތް ފަހުގެ މެޝެނުު.