Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެކައުންޓު އަނބުރާ ލިބޭތޯ މަސައްކަތް ކުރަމުން މިދަނީ، އަދި ލިބޭ ގޮތެއް ނުވޭ: ޢަލީ ރަމީޒް

އެކައުންޓު އަނބުރާ ލިބޭތޯ މަސައްކަތް ކުރަމުން މިދަނީ، އަދި ލިބޭ ގޮތެއް ނުވޭ: ޢަލީ ރަމީޒް

ޓްވިޓާއިން ސަސްޕެންޑު ކުރި އެކައުންޓު އަނބުރާ ލިބޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ޢަލީ ރަމީޒް ބުނެފިއެވެ.

ޢަލީ ރަމީޒްގެ ޓްވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިކަމާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން ޢަލީ ރަމީޒް ބުނީ ޓްވިޓާ އެކައުންޓު އަނބުރާ ހޯދޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ނަމަވެސް އަދި އެ އެކައުންޓު އަނބުރާ ލިބޭގޮތް ވެފައި ނުވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެކައުންޓު ސަސްޕެންޑު ކޮށްފައި ވަނީ ކޮން ސަބަބަކާ ހެދި ކަމެއް އެއްވެސް ގޮތަކަށް އަދި އެނގިފައި ނުވާ ކަމަށް ވެސް ޢަލީ ރަމީޒް ބުންޏެވެ.

ޓްވިޓާއިން ޢަލީ ރަމީޒްގެ އެކައުންޓު ސަސްޕެންޑު ކޮށްފައިވާ އިރު، 28،000އަށް ވުރެ ގިނަ ފޮލޯވަރުން އޭނާގެ އެކައުންޓުގައި ތިއްބެވެ.

ޢަލީ ރަމީޒަކީ ރާއްޖޭގެ ގިނަ ބައެއްގެ ފަރާތުން ލޯތްބާއި އިޙްތިރާމް ލިބިފައިވާ ފަރާތެކެވެ. އަދި އޭނާ އަބަދުވެސް ދީނީ އެކި އެކި ނަސޭޙަތްތަކާއި، ދީނީ ގޮތުން ރައްޔިތުން އިތުރަށް ހޭލުންތެރި ކުރެއްވުމަށް، މީސް މީޑިއާ މެދުވެރިކޮށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން މީހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް