ޚަބަރު

ކަރަންޓީނުގައި ނެތް މީހަކު ފައްސިވެ، ހިތަދޫ 17 ގެއެއް ކަރަންޓީނަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ލ.ހިތަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ކަރަންޓީނުގައި ނެތް މީހަކު ލ.ހިތަދޫން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by STELCO

ހިތަދޫ ސިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މުހައްމަދު ޝިޔާޒް ވިދާޅުވީ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދެއްކި 37 އަހަރުގެ ފިރިހެނަކު ކޮވިޑް-19އަށް ފައްސިވެފައި ވާ ކަމަށާއި އެކަމާ ގުޅިގެން 17 ގެއެއްް ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.

އެމީހާ ކޮވިޑަށް ފައްސިކަން އެނގުނީ މިއަދުއެވެ. އަދި އެމީހާއަކީ ހިތަދޫ އާއި އެ އަތޮޅު ކުނަހަންދުއާ ދެމެދު އޮންނަ ފަޅުރަށެއް ކަމަށްވާ ލ.މެންދޫގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.

ފައްސިވީ މީހާއާ ކޮންޓެކްޓްވީ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މަހަށް ފުރާފައިވާ ހަތަރު ދޯންޏެއްގައި ވެސް ކޮންޓެކްޓްވެފައިވާ މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާޒް ވިދާޅުވީ ޒަަރޫރީ ބޭނުމަކަށް ފިޔަވާ އެހެން ކަަމަކު ގެއިން ބޭރަށް ނުނިކުތުމަށާއި، އަދި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަަޅުތައް އެޅުމަށް ރައްޔިތުންނަށް ރަށުގެ ކަމާބެެހޭ އިދާރަތަަކުން އިލްތިމާސްކުރަމުން އަންނަ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!