Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހެއްގެ ފޮޓޯ އާންމުކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހެއްގެ ފޮޓޯ އާންމުކޮށްފި
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް މީހެއްގެ ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހޯދަމުން ދަނީ ކ. ކާށިދޫ، އަލުންތިލަ، އަހްމަދު ސުމާޢު (24އ) ކަމަށެވެ. އޭނާ ހާޒިރުވާން އަންގާފައި ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ސުވާލުކުރުމަށް ކަަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 2021 މެއި 29 ވަނަ ދުވަހުގެ 10:00 އަށް ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް، އޭނާ ހާޒިރުވުމަށް އަންގާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް