ޚަބަރު

ކޮވިޑް-19: ފީއަލީގެ ކާފިއު މުއްދަތު އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފ. ފީއަލީގައި ކޮވިޑް-19ގެ ހާލަތު އަދިވެސް ގޯސްވުމާ ގުޅިގެން، އެ ރަށުގައި އިއުލާނު ކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރު ކޮށްފިއެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ދެއްވަމުން ފީއަލީ ކައުންސިލު މެމްބަރ މުޙައްމަދު ޖަލީލު ވިދާޅުވީ، އެ ރަށުގައި އިއުލާނު ކުރި ފުރަތަމަ ކާފިއު ރޭގައި ހަމަ ވެގެން ދެވަނަ ކާފިއު އިއުލާނު ކޮށްފައިވާ ކަމަށާއި އެކަން މިއަދު ރައްޔިތުންނަށް އަންގާފައިވާ ކަމަށެވެ.

"ކާފިއު ގެ މުއްދަތު އިތުރު ކުރީ ފަސް ދުވަހަށް. މި މަހުގެ 29 އަށް ހަމަވާނެ. ކާފިއު ގަޑި އިންނަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް" ޖަލީލު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ފީއަލީގައި ކާފިއު އިއުލާނު ކުރުމުގެ އިތުރުން، ބައެއް އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފައެވެ.

އެގޮތުން އެ ރަށުގައި ވެސް ކެފޭ/ހޮޓާ/ރެސްޓޯރަންޓު ފަދަ ތަންތަން ބަންދުކޮށް ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ޕާކުތަކާއި މައިޒާނުތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތައް ބޭއްވުން ވެސް ވަނީ މެދުކަނޑައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!