ޚަބަރު

ކޮވިޑް-19: ކަނޑިތީމުން އިތުރު 9 މީހުން ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 76އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ށ.ކަނޑިތީމު | ފޮޓޯ: ސޯޝަލް މީޑިއާ

ށ.ކަނޑިތީމުން އިތުރު 9 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ކަނޑިތީމު ހެލްތު ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ރަށުން ނެގުނު 41 ސާމްޕަލްތަކުގެ ތެރެއިން 2 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ. މީގެ ތެރެއިން 30 ސާމްޕަލެއްގެ ނަތީޖާ ވަނީ ނައްސިވެފައެެވެ.

އެ ރަށުގައި މިހާރު ޖުމްލަ 217 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ. މިހައިތަނަށް 794 ސާމްޕަލެއް ނެގުނު އިރު 715 ސާމްޕަލެއް ނައްސިވެފައިވާކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ.

އެ ރަށް މިހާރު މޮނިޓަރިން ހާލަތަށް ގެނެވިފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް ނިމެންދެން އެ ރަށުގެ ކެފޭ، ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި މިހާރު ވަނީ ބަލި ފެތުރިފައެވެ. ޖުމްލަ 70 ރަށެއް އޮތީ މޮނިޓަރިން ހާލަތުގައެވެ. ވެރިރަށް މާލޭގައި ވެސް ހަލުވި ކަމާއެކު ދުވަހެއް ދުވަހަކަށް ބަލި ދަނީ ފެތުރެމުންނެވެ. މިއަދު ރާއްޖެއިން 1،559 މީހުން ކޮވިޑަށް ފައްސި ވެފައިވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 55،924 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 32،322 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 129 މީހުން ނިޔާވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!