އީސަ ހައްޔަރު ކުރަން އަމުރު ނުދިން މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހައްޔަރު ކުރަން އަމުރު ނުދިން މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އީސާގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުނަސް އޭނާ ހައްޔަރުކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރާނެ ކަމަށެވެ.
ކުރީގެ އަނބިކަނބަލުން އަސްރާއަށް އީސަ، ގެވެށި އަނިޔާ ކޮށްފައިވާ މައްސަލައެއް މިދިޔަ ހަފްތާގައި ފުލުހަށް ހުށަހަޅާފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން އަސްރާގެ ބަޔާނެއް ވެސް ވަނީ ނަގައިފައެވެ.
އެ މައްސަލައާ ގުޅިގެން އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕީޖީ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހުށަހެޅިއެވެ. އެކަމަކު އެ ކޯޓުން ހަމަ އެ ރޭ މައްސަލަ ނިންމީ، އެމްޕީ އީސަ ހައްޔަރުކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވީ، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ.
ނުކުރާނެ ޒާތީ ތަޢައްސުބުން ކަޅވެފައި ހުރި ލިގަމެންޓް ޝަމީމުގެ އިންސާފުވެރިކަމާއި ހަމަހަމ ކަން ނުދަންނަ މީހެއްކަން ސާފުނޫން ކަން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އެގިއްޖެ.