Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަސްޕެންޝަނަށް ފަހު އަލީ ރަމީޒްގެ އެކައުންޓް ލިބިއްޖެ

ސަސްޕެންޝަނަށް ފަހު އަލީ ރަމީޒްގެ އެކައުންޓް ލިބިއްޖެ

ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓު ސަސްޕެންޑުކޮށްފައި އޮތުމަށް ފަހު މިއަދު އަލުން ލިބިއްޖެކަމަށް އޭނާ ބުނެފިއެވެ.

ފާއިތުވެ ދިޔަ ހަތަރުވަރަކަށް ދުވަހު އެ އެކަންޓު ސަސްޕެންޑްކޮށްފައިވާ ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ.  އެހެން ނަމަވެސް އެކައުންޓް ސަސްޕެންޑް ކުރީ ފަލަސްތީނަށް ތާއިދުކޮށް މާލެ ކަައިރީ ލޯންޗް ބުރެއް ބޭއްވި ވީޑިއޯއެއް އާއްމު ކުރިތާ އިރުކޮޅެއް ފަހުންކަން ފާހަގަކޮށްލެވެއެވެ.

އަލީ ރަމީޒު ދަނީ އެކި ގައުމުތަކުގައި މުސްލިމުންނަށް ކުރާ އަނިޔާއާއި ހާއްސަކޮށް އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް މެދުކެނޑުމެއް ނެތި އަޑު އުފުލަމުންކަން ފާހަގަކުރެވެއެވެ.

Advertisement
HDC — Sidebar (box)

އޭނާގެ ޓްވިޓާ އެކައުންޓު ފޮލޯކުރާ 28000އަށް ވުރެ ގިނަ މީހުން އުޅެއެވެ.

އަލީ ރަމީޒުގެ އެކައުންޓް އަލުން ލިބުމުން ކުރި ޓްވީޓެއްގައި އޭނާ ބުނީ އޭނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރުމުން އެކައުންޓް އަލުން ހޯދައިދިނުމަށް ވަރަށް ގިނަ ބޭފުޅުން އެކި ގޮތްގޮތަށް މަސައްކަތް ކޮށްދިން ކަމަށާއި އެ ކަމުގައި އެހީތެރިވި ކޮންމެ ބޭފުޅަކަށް ވެސް ޝުކުރު އަދާ ކުރާކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް