ޚަބަރު

ނިމާލް އެލްޖީއޭއަށް އިންތިހާބުވިކަން އީސީން އިއުލާނުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާލޭ ދާއިރާގެ ރައީސް މުޙައްމަދު ނިމާލް.. ދެން އިމޭޖްސް

އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އިންތިހާބުވެފައި ވަނީ ކ.އަތޮޅު ރައީސް އަހުމަދު ނިމާލްކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

Ads by Sosun Fihaara

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވާ ނިމާލްއާ އެ ގޮނޑިއަށް ވާދަކުރަން ފޯމު ހުށަހެޅުއްވީ ނ. ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) އެވެ. ނަމަވެސް ސުންގަޑިއަށް ވުރެ ފަހުން ފޯމު ލެވުމުން އޭނާގެ ފޯމު ވަނީ ބާތިލްވެފައެވެ.

އެލްޖީއޭގެ ގޮނޑިއަށް ނިމާލް ރަސްމީކޮށް މިއަދު އިންތިހާބު ވީ ނަމަވެސް، ބައްޓޭ ގެންދަވަނީ އެ ނިންމުމާ ދެކޮޅު ހައްދަވަމުންނެވެ.

އިލެކްޝަންސްއިން އިއުލާނު ކުރައްވައިފައި އޮތީ އެލްޖީއޭގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އިއްޔެގެ މެންދުރު 2:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށެވެ. އީސީން މިއަދު އާންމުކުރި މައުލޫމާތުތަކުން ހާމަވާ ގޮތުގައި ބައްޓޭގެ ފޯމު އީސީގެ އީމެއިލްއަށް ލިބިފައި ވަނީ އިއްޔެގެ މެންދުރު 2:04ގައެވެ.

ނަމަވެސް ބައްޓޭ ވިދާޅު ވަނީ މެންދުރު 1:59ގައި ފޯމް އީސީއަށް އީމެއިލް ކުރެއްވި ކަމަށެވެ. އަދި އީސީގެ މެއިލްގެ މައްސަލައަކުން އެ މެއިލް ލިބުން ލަސްވީ ކަމަށް ވެސް ބައްޓޭ ވިދާޅުވިއެވެ. އެހެންކަމުން އެ ފޯމު ބަލައިގަންނަން ޖެހޭނެ ކަމަށް ބައްޓޭ ވިދާޅުވިއެވެ.

"ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރުކަމުގެ މަޤާމަށް، ކ.އަތޮޅު ކައުންސިލްގެ ރައީސް، މ. ކޮކާހަނދުވަރު / މާލެ، މުހައްމަދު ނިމާލް އިންތިހާބުވެއްޖެކަން ޢާންމުކޮށް އަންގައި އިއުލާން ކުރަމެވެ." ބައްޓޭ އެ މައްސަލަ ހުށަހަޅުއްވަމުން ދަނިކޮށް އީސީން ކުރެއްވި އިއުލާނުގައިވެއެވެ.

އަތޮޅު ރައީސުންގެ އިތުރުން ރަށު ކައުންސިލުގެ މެމްބަރަކާއި، ސިޓީ ކައުންސިލުގެ މެމްބަރެއް ވެސް އެލްޖީއޭއަށް އިންތިހާބު ކުރާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!