ކޮވިޑް 19އަށް ފަހު ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި - މިނިސްޓަރ މައުސޫމް
ކޮވިޑް 19 އާއެކު ހުއްޓުމަކަށް އައި ނަމަވެސް ދިވެހި ޓޫރިޒަމް ވަރަށް ބޮޑުތަން ރަނގަޅު ވެފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިިދާޅުވެއްޖެއެވެ.
ކޮވިޑް-19އަށް ފަހު ޓޫރިޒަމް އިންޑަސްޓްރީ ، މި ބަލިން އަރައިގަނެ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ސައޫދީ އަރަބިއްޔާގައި އިއްޔެ ބޭއްވި "ރިކަވަރީ ސަމިޓް" ގައި މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވުމުގެ އަސްލަކީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރަމުން ގެންދާ މަސައްކަތް ކަމަށެވެ.
ޓޫރިޒަމް ރަނގަޅުވުމުގެ ހަގީގީ ސިއްރަކީ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި ރައްޔިތުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ޓޫރިސްޓުންގެ ސަލާމަތްތެރިކަމަށް ސަރުކާރާއި އިންޑަސްޓްރީން ދިން އަހަމިއްޔަތު ކަމަށް ވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ސައޫދީ އަރަބިއްޔާގައި އިއްޔެ ބޭއްވި "ރިކަވަރީ ސަމިޓް" މި ސަމިޓުގައި ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ގިނަ ވެރިން ބައިވެރިވި އެވެ. މި ސަމިޓުގައި ބައިވެރިވި އެންމެ އިސް ބޭފުޅަކީ ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 60 ޕަސެންޓް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށާ އެހެން ކަމުން ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މަޢޫޞޫމްއެވެ ތިވިދާޅުވީ އެންމެ ރަނގަޅު ވާހަކައެއްނޫނެވެ . މިހާރު ގެސްޓް ހައުސްތައް ހުއްޓުމަކަށް އައިސް އެތަންތަން ހަދާފައި ހުރި ގިނަ ގެސްޓް ހައުސްތަކަކީ ބޮޑެތި މިލިއަނުން ލޯން ނަގައިގެން ހަދާފައި ހުރި ތަންތަނަށްވާއިރު އެލޯން ދެއްކުން ބަރޯސާވެފައިވަނީ ފަތުރު ވެރިންއަތުން ލީބޭ އެއްޗަކަށެވެ ވީމާ މިލޯން ދެއްކުމަށް ލުޔެއް ހޯދުމަށް ސަރުކާރުތެރެއިން ވާހަކަ ދެއްކިއްޔާ މާތާހިރުާނެއެވެ .
ކޮވިޑް19 ހިނގައްޖެތަ؟ ދުވާލަކު ހާހަކުން އެފައްސިވަނީ އަދި ކޮވިޑް21 ތަ؟