ބޮލީވުޑް

"ސަލާމް ނަމަސްތޭ" ކުޅެގެން ސައިފްއަށް އިތުރު ކަމެއް ވެސް ދަސްވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސައިފް އަލީ ޚާން ފާހަގަވެފައި ވަނީ ގޭތެރޭގެ މަސައްކަތްތަކުގައި އުޅެން ވަރަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ. ސައިފްގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ޚާން އޭނާގެ އިންސްޓަގްރާމްގައި ބައެއް ފަހަރު ހިއްސާ ކުރާ ފޮޓޯތަކުންނާއި ވާހަކަތަކުން ވެސް އެކަން ހާމަ ވެގެންދެއެވެ. ސޯޝަލް މީޑިއާއިން ގިނަ ފަހަރަށް ސައިފް ފެނިގެން ދަނީ ކުރުތާއެއް ލައިގެން އޭނާގެ ދަރިންނާ އެކު ވަގުތު ހޭދަ ކުރާ މަންޒަރެވެ.

Ads by STELCO

ސައިފްއާ ބެހޭ ގޮތުން ބެލުންތެރިންނަށް ނޭނގޭ އިތުރު ކަމެއް ވެސް މިވަނީ ހާމަ ވެފައެވެ. އެއީ ޕްރިތީ ޒިންތާ އާއެކު ކުޅުނު "ސަލާމް ނަމަސްތޭ" ފިލްމަށް ފަހު ސައިފްއަށް ބައެއް ކާ އެއްޗެހި ކައްކަން ދަސްވިކަމެވެ.

ހޯސްޓް ކާމިޔާ ޖާނީ އާއެކު މެންދުރުގެ ކެއުމަކަށް އިންސާފު ކޮށްލަމުން ސައިފް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، "ސަލާމް ނަމަސްތޭ"ގެ ޝޫޓިންގ ތެރޭގަައި އޭނާއަށް ތަފާތު ބައެއް އެއްޗެހި ކައްކަން ދަސްވި ކަމަށާއި ގޭގައި ވެސް އެ އެއްޗެހި އަމިއްލައަށް ތައްޔާރުކޮށްލާ ކަމަށެވެ.

"އަހަރެންގެ އަންހެނުންނަށް ވަރަށް ކަމުދޭ އަހަރެން ހަދާ މެޑިޓޭރިއަން ފިޝްއެއް. މަންމައަށް ވެސް އޭތި ވަރަށް ކަމުދޭ. އޭގެ އިތުރުން ޕާސްތާއާއި ސްޕެގަޓީ ވެސް އަހަރެން ވަރަށް އަވަހަށް ތައްޔާރު ކޮށްލަން" ސައިފް ބުންޏެވެ.

އެ އިންޓަވިއުގައި ސައިފް އިތުރަށް ބުނީ ކަރީނާ ބައެއް ފަހަރު މަސް ކެޔަސް، ގިނަ ފަހަރަށް ކަނީ ތަރުކާރީ ކަމަށާއި މިހާރު ސައިފް ވެސް ތަރުކާރީގެ ބާވަތްތައް ގިނައިން ކާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!