ޚަބަރު

ހިސާން ހުށަހެޅުއްވި އިސްލާހުން ލާދީނީ ފިކުރު އާލާވާނެ: ޑރ. ޖަމީލު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނަފުރަތުގެ ޢަމަލުތައް ކުށަކަށް ހެދުމަށް ޤާނޫނުލްޢުޤޫބާތުގެ 124 ވަނަ މާއްދާގެ މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހެޅުއްވި އިސްލާހުން "ލާދީނީ ފިކުރު" އާލާވާނެކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ މަޖިލިސް ޖަލްސާގައި މެމްބަރު ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ޢާންމުތަނެއްގައި ތުހުމަތު ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން އިސްލާމީ އަޤީދާއާ ގުޅުވައި މުޖުތަމަޢުގެ މީހަކާ މެދު ނަފުރަތު އުފެއްދުމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މެންބަރު ހިސާން ހުށަހެޅުއްވި މި އިސްލާހާ ގުޅިގެން ޑރ. ޖަމީލް މިރޭ ވިދާޅުވީ އެންމެބޮޑު ކުށަކަށް ހަދަންވީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށެވެ.

"ތިޔަ އިސްލާހުން ލާދީނީ ފިކުރު އާލާވާނެ" ޑރ.ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ.ޖަމީލް ވިދާޅުވީ، ފެންނަމުން މިދަނީ ޙައްޤުތައް ފޮތިފޮތިކުރަން ފެން ބޮވައިގެންފައިވާ މިންވަރު ކަމަށެވެ.

Ads by Allied Insurance
  1. ހަރުކަށިފިކުރޭ ވެސްދެން ކިއިގެންނުވާނެ!

  2. މޫސާ

    ތިޔަ އުޅެ ނީ ނަސީދު ދިފާއުކުރަ ން އޭ ނަ ވެދާ ނެ އެ ނަކާ އިސްލާމް ދީ ނާފުސު އަރާވާހަކަ އެއް ނުވަތާ ތަގުރީރަ ދޭ ންވީކަމަވެސް