ޚަބަރު

މުލިއާގޭގެ ގޭޓް ގޮއްވައިލާނެ ކަމުގެ އިންޒާރާ އެކު ސެކިއުރިޓީ ވަރުގަދަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވަމުން ގެންދަވާ މުލިއާގޭގެ ގޭޓް ގޮއްވައިލާނެ ކަމުގެ އިންޒާރު ދީފިއެވެ.

Ads by Hajj Corporation

އޮންލައިން ނޫސް “ރާއްޖެއެމްވީ” އަށް މައުލޫމާތު ދިން މީހަކު ބުނީ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ މުލިއާގޭގެ ގޭޓް ގޮއްވައިލާނެކަމުގެ އިންޒާރު ލިބުމާ އެކު ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ވެސް، އަދި ފުލުހުން ވެސް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ހަރްކާތްތެރިވަމުންނެވެ.

މަޖިލިސް ގޮއްވައިލާނެ ކަމަށް މީސްމީޑިއާގައި އިންޒާރު ދިން މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިކަމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ބިރު ދެއްކުމާއި އިންޒާރު ދިނުމާއި ޓެރަރިޒަމްއާ ގުޅުން ހުރި އެއްވެސް އަމަލެއް ހިންގާ ފަރާތަކާ ދޭތެރޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަޅަން ޖެހޭ ހައްގު ފިިޔަވަޅު އަޅާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!