Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިއްޙީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި

ސިއްޙީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް-19އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

މިފަހަރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރެވުނު 15 ވަނަ ފަހަރެވެ.

ހެލްތު މިނިސްޓަރު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާ ދެއްވާފައިވާތީ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް އެ ގަރާރުގައި ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް