ޚަބަރު

ލާމު އަތޮޅުގައި ވޭދަނަތައް ގިނައީ މާވަށުގައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
Gan Regional Hospital, ގަން ރީޖަނަލް ހޮސްޕިޓަލް، ލާމު ގަން
ގަމު ރީޖަނަލް ހޮސްޕިޓަލް. ދެން ފައިލް ފޮޓޯ

ލާމު އަތޮޅުގެ ރަށްތަކުން އިތުރު 37 މީހުން ފައްސިވެ އެ އަތޮޅުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދު 402އަށް އަރައިފިއެވެ.

Ads by Sosun Fihaara

ލާމު އަތޮޅު ގަމު ރީޖަނަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އެ އަތޮޅުގައި ވޭދަނަތައް އެންމެ ގިނަ ރަށަކީ މާވަށެވެ. އެގޮތުން މާވަށުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 143 އެވެ. މުޅި ޖުމުލަ މާވަށުން 231 މީހުން ފައްސިވެފައިވާއިރު އެ ރަށުން ބަލި ޖެހުނު 87 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިއަދު އެ ރަށުން އައު 10ވޭދަނައެއް ވަނީ ފެނިފައެވެ.

މިއަދު އެ އަތޮޅުން އެންމެ ގިނަ މީހުން ފައްސިވީ އިސްދޫންނެވެ. އެގޮތުން އިސްދޫން އިތުރު 16 މީހަކު ވަނީ ފައްސިވެފައެވެ. މި އަދަދާ އެކު އިސްދޫގައި ހަރަކާތްތެރި ވޭދަނަތަކުގެ އަދަދަކީ 107އެވެ. އެ ރަށުން މިހާތަނަށް 217 މީހަކަށް ބަލި ޖެހިފައިވާއިރު 110 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.

މީގެ އިތުރުން މިއަދު އެ އަތޮޅު ގަމުން ތިން މީހުން ފައްސިވެފައިވާއިރު ގަމުން ފައްސިވީ މީހުންގެ ޖުމުލަ އަދަދު ވަނީ 298އަށް އަރައިފައެވެ. އެ ރަށުން 193 މީހުން ބަލިން ރަނގަޅުވެފައިވާއިރު ހަރަކާތްތެރި ވޭދަނައިގެ އަދަދު ހުރީ 103ގައެވެ.

ކަލައިދޫން ވެސް މިއަދު ވަނީ އައު 06 ކޭސް ފެނިފައެވެ. އެއާއެކު އެރަށުގައި ބަލި ޖެހުނު މީހުންގެ އަދަދު 78އަށް އަރައިފައިވާއިރު 16 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 62އެވެ.

ލ.މާންދޫން މިއަދު އިތުރު މީހަކު ފައްސިވެފައިވެއެވެ. އެގޮތުން އެރަށުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 314އަށް އަރައިފައެވެ. ނަމަވެސް ބަލި ޖެހުނު މީހުންގެ ތެރެއިން 305 މީހަކު ބަލިން ރަނގަޅުވެ އެ ރަށުުގައި މިހާރު ބަލިޖެހި، އެއްކޮށް ރަނގަޅުނުވެ ތިބީ 08 މީހުންނެވެ.

އެ އަތޮޅު ދަނބިދޫ، މާބައިދޫ، ފޮނަދޫ އަދި ހިތަދޫން މިއަދު އެއްވެސް މީހަކު ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ. ދަނބިދޫގައި ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 09އެވެ. އަދި މިވަގުތު އެ ރަށުގައި ބަލި ޖެހިފައި ހުރި އެކަކު ވެސް ނެތެވެ. މާބައިދޫއިން ބައްޔަށް ފައްސިވީ އެންމެ މީހެކެވެ. އެމީހާ ބަލިން ފަސޭހަވުމާއެކު މިހާރު އެ ރަށުގައި ބަލިޖެހިފައި ހުރި މީހެއް ނެތެވެ.

ލ.އަތޮޅުގެ ރަށްތަކުން ޖުމުލަ 04 މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އެއީ ގަމުން ދެ މީހަކާއި މާންދޫން މީހަކާއި މާވަށުން މީހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!