ދުނިޔެ

ޓްރަންޕަށް ފޭސްބުކްގައި ޕޯސްޓް ކުރެވޭނީ 2023ވަނަ އަހަރު!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަހަރު ޖެނުއަރީ 6 ވަނަ ދުވަހު ފޭސްބުކް އަދި އިންސްޓަގްރާމްއިން ބޭރުކޮށްލި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓް ކުރެވޭނީ 2023 ވަނަ އަހަރުގައި ކަމަށް ފޭސްބުކްއިން ބުނެފިއެވެ.

Ads by Sosun Fihaara

ފޭސްބުކްއިން ބުނެފައިވަނީ ޓްރަންޕް ފޭސްބުކް އަދި އިންސްޓަގްރާމުގައި ޕޯސްޓް ނުކުރެވޭ ގޮތަށް ހަދަން ނިންމާފައިވަނީ 2 އަހަރުގެ މުއްދަތަށް ކަމަށެވެ. ދާދި ފަހުން ޓްރަންޕްގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް އެކައުންޓް ފެންނަ ގޮތަށް އެ ކުންފުނިން ވަނީ ހަދައިފައެވެ. މިހާރު ޓްރަންޕްގެ ކުރީގެ ޕޯސްޓްތައް އެ ދެ މަންސައިން ފެނެއެވެ. ނަމަވެސް ޓްރަންޕަށް ޕޯސްޓް ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

2 އަހަރު ދުވަހަށް ޓްރަންޕް ފޭސްބުކްއިން ބޭރު ކުރަން ނިންމުމާ ގުޅިގެން އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފޭސްބުކްއިން ޓްރަންޕް ބޭރު ކުރަން ނިންމި ނިންމުމަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި އޭނާއަށް ވޯޓް ދިން 75 މިލިޔަން މީހުންނަށް ކުރެވުނު މަލާމާތެއް ކަަމަށެވެ.

ޓްރަންޕް ފޭސްބުކް އަދި ފޭސްބުކް ކުންފުނީގެ ދަށުން ހިންގަމުން އަންނަ އިންސްޓަގްރާމްއިން ބޭރުކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ސައްހަ ނޫން ދޮގު މައުލޫމާތުތައް ފަތުރާ ކަމަށް ބުނެއެވެ. އަދި މީގެ އިތުރުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް، ކެޕިޓޮލްގެ ތެރެއަށް ޓްރަންޕްގެ ސަޕޯޓަރުން މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ވަދެގަތީ ޓްރަންޕްގެ ހިތްވަރު ދިނުމުގެ މެސެޖްތަކުގެ ސަބަބުން ކަމަށް ވެސް ފޭސްބުކްއިން ވަނީ ނިންމައިފައެވެ. ކެޕިޓޮލްގެ ތެރެއަށް ޓްރަންޕްގެ ސަޕޯޓަރުން ވަދެގަތީ، އިންތިޚާބު އޮޅުވައިލިކަމަށް ބުނެއެވެ.

ޓްރަމްޕްގެ އެކައުންޓްތައް ބްލޮކްކުރި މައްސަލައިގައި އެކައުންޓްތައް އަލުން އިޔާދަކޮށްދިނުމަށް ހުށަހެޅި މައްސަލައެއް ފޭސްބުކްގެ އޯވަސައިޓް ބޯޑުން ވަނީ ބަލައިފައެވެ. މިމައްސަލައިގައި އެބޯޑުން ނިންމައިފައި ވަނީ އެކައުންޓްތައް ބްލޮކް ކުރީ ޤަވާއިދުގެ ތެރެއިން ކަމަށާއި އަދި ބްލޮކް ދަމަހައްޓަން ފެންނަ ކަމަށެވެ. އެހެން ނަމަވެސް ބޮލޮކް ދަމަހައްޓަން ޖެހޭނީ ވަކި މުއްދަތަކަށް ކަމަށް ފެންނަ ކަމަށް އެބޯޑުން ވަނީ ނިންމައިފައެވެ. މި ނިންމުން ނިންމައިފައި ވަނީ ބޯޑުގެ 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ޖެނުއަރީ މަހު ޓްވިޓާ އާއި ޔޫޓިއުބްގެ އިތުރުން ސްނެޕްޗެޓުން ވެސް ޓްރަމްޕް ބޭރުކޮށްފައިވެއެވެ. ޓްރަންޕް އޭގެ ފަހުން އޭނާގެ ޝުޢޫރުތައް ހާމަކުރަމުން ދަނީ ބްލޮގެއްގައެވެ. ނަމަވެސް މި ބްލޮގް ވެސް މި މަހުުގެ ތެރޭގައި ވުޖޫދުން ވަނީ ގެއްލިފައެވެ.

Ads by Ooredoo
  1. ާއާކިފް

    ަ ޙަހަހަހަހަހަހަހ