Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މެންބަރު ޚައިތަމާއި އަނބިކަނބަލުންނާ ދިމާކޮށް ހަމަލާ ދޭން އުޅެފި

މެންބަރު ޚައިތަމާއި އަނބިކަނބަލުންނާ ދިމާކޮށް ހަމަލާ ދޭން އުޅެފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމާއި އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމްއާ ދިމާކޮށް ހަމަލާ ދޭން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދުގެ ވަގުތެއްގައި އެ ދެމަފިރިކަނބަލުންނަށް އިންޒާރު ދީ ހަމަލަދޭން މަސައްކަތް ކުރީ ހަތަރު މީހުންގެ ގުރޫޕަކުންނެވެ.

ޚައިތަމްގެ އަނބިކަނބަލުންނާ ދިމާކޮށް ފަހަތުން ހިނގަމުން އައިސް ދިރިއުޅޭ ގޭގެ ލިފްޓު ތެރެއަށް ވެސް އެމީހުން ވަދެފައި ވާކަމަށާއި މި ހާދިސާއަށް ފަހު މާބަނޑު އަނބިކަބަލުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަަމަށާއި ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން މެމްބަރު ޚައިތަމް ވިދާޅުވެއެވެ.

Advertisement
HDC — Sidebar (box)

މެންބަރު ޚައިތަމާއި އަނބިކަނބަލުންނާ ދިމާކޮށްލައިފައި ވަނީ، އެދެމަރިފިން ދިރިއުޅުއްވާ ގެ ކައިރިން މަގުމަތިން ފެށިގެންނެވެ. އަދި އެމީހުން ޚައިތަމަށާއި އަނބިކަނބަލުންނަށް އިންޒާރު ދީފައިވާކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ވެސް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޚައިތަމް ވިދާޅުވިއެވެ.

އެމްޕީ ހައިތަމްއާއި ޝަޖާން ކައިވެނި ކުރައްވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. ހައިތަމްއާއި ޝަޖާން ވެސް ވަނީ މިކައިވެނީގެ ކުރިން ވެސް ކައިވެންޏެއް ކުރައްވާފައެވެ. އެނގިފައިވާ ގޮތުގައި ޝަޖާން ކުރިން ކުރި ކައިވެންޏަށް ދަރިއަކު ވެސް ހުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް