ޚަބަރު

ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހޭ މުއްދަތު 16ހަފްތާއަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހާތާ 16 ހަފްތާ ފަހުން ވެސް ދެވަނަ ޑޯޒު ޖެހޭނެ ކަމަށާއި ފުރަތަމަ ޑޯޒު ޖަހައިފައިވާ މީހުންނަށް އެ މުއްދަތު ފަހަނައަޅައިދާ ފަހުން ވެސް ވެކްސިން ޖަހައިދިނުމަށް ނިންމައިފައިވާ އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު 16 ހަފްތާ ތެރޭގައި ނުޖަހައިފިނަމަ، ވެކްސިނުން ލިބެން ޖެހޭ ރައްކާތެރިކަން އެންމެ ފުރިހަމައަށް ނުލިބޭނެ ކަމަށެވެ. އަދި ފުރަތަމަ ޑޯޒު ޖަހާ ހިސާބުން ވެސް ކޮވިޑް 19އިން ވަރަށް ބޮޑަށް ރައްކާތެރިކަން ލިބޭނެކަމަށް އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ހުއްދަ ލިބިފައިވާ ޖޯންސަން ވެކްސިނާއި މެޑޯނާ ވެކްސިން ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ލައްކައަކަށް ވުރެ ގިނަ މީހުން ޖަހައިފައި ވަނިކޮށް، ރާއްޖެއިން ވަނީ ކޮވިޝީލްޑް ވެކްސިން ހުސްވެފައެވެ. ސަރުކާރުން ދަނީ އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި މިހާރު ޖަހާ 3 ވެކްސިންގެ އިތުރުން ވެސް ވެކްސިން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވައެވެ. ރަޝިޔާގެ ސްޕަޓްނިކް ވީ ވެސް މިމަހުގެ ފަހުކޮޅު ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

Ads by Ooredoo
  1. ހާމާނު

    ކޮވިޝިލްޑް ގެ ދެވަނަ ޑޯޒް ޖެހޭނެ ފުރަތަމަ ޑޯޒުޖެހިތާ ފަސްއަހަރު ފަހުންވެސް. އެމީހުން ބުނީމަ އެނިމުނީ.

  2. މީރާއަލިފް

    5 އަަހަރު ފަހުންވެސް ޖެހޭނެ… އުނދަގުލަކާނުލައި… ފަސޭހައިން ޖަހޭނެ