ޚަބަރު

ކޮވިޝީލްޑް ގެ ދެ ޑޯޒް ދޭތެރޭ ބައި އަހަރު ހޭދަ ކުރެވޭނެ:އެޗްޕީއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮވިޝީލްޑް ވެކްސިން ޝިޕްމެންޓެއް ބޯޓަކަށް އަރުވަނީ

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުން އަންނަ ކޮވިޝީލްޑް / އެސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒް ދޭތެރޭ ބައި އަހަރު (6 މަސް) ހޭދަ ކުރެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމަވައިފިއެވެ.

Ads by Hajj Corporation

މިނިސްޓްރީ އޮފް ހެލްތުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިން އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި މިހެންވުމާ އެކު ދުނިޔޭގެ ގިނަ ޤައުމުތަކަކަށް މި ވެކްސިން ލިބުމުގެ ދަތިތަކެއް ކުރިމަތިވެ، ދިވެހިރާއްޖޭގައި ވެސް މި ވެކްސިން ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މިވެކްސިން ލިބުމުގައި ހުރި ދަތިތަކާ ހެދި މިހާތަނަށް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިޔުއެޗްއޯ)އިން ވަނީ މި ވެކްސިންގެ 2 ވަނަ ޑޯޒް 6 މަސް ދުވަހަށް ފަސްކުރުމާ ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ލަފައެއް އާއްމުކޮށްފައެވެ. މި ލަފަޔާ ގުޅިގެން ކޮވިޝީލްޑް/އެސްޓްރާޒެނެކާ ވެކްސިންގެ 2 ވަނަ ޑޯޒް ދިނުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ލަފާ ދެއްވައިފައިވާ ގޮތަށް ރާއްޖޭގައި ކޮވިޝީލްޑް ޖަހައިފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް 6 މަސް ދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން (އެމްޓީއޭގީއައި)އިން ވަނީ ލަފާދެއްވައިފައެވެ." ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ވިދާޅުވެފައި ވަނީ، ދިވެހި ސަރުކާރުން މި ވެކްސިން ގެނައުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށާއި މި ވެކްސިން ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

Ads by HDC
  1. ބޯހަލާކު

    ތިވެކްސިންް 2ވަނަދޯޒްް ރަނގަޅުވާނެެ ދެއަހަރުު ފަހުންް ޖެހިއަސް

  2. ކިޔާާމީހާ

    ދެން ބުނާނެ އެއްޑޯޒުންވެސް ފުދޭހާ ރަނގަޅު އެއްޗެއްކަމަށް. ތިއެއްޗެއް ޖެހުނުމޮޔަ މިހާރު ހިތަށް އަރާ.

  3. ގަމު މީހާ

    މަރުވީމަ މަހާނު ކޮނެލައިގެން ޖަހަން ވިޔަސް ރަނގަޅުވާނެދޯ..