Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިޝްކާގެ މަރުގެ ތަހުގީގު ދަނީ ކުރިއަށް، މުޅި ރިޕޯޓް ނިމޭނީ ހަފްތާއެއްގެ ތެރޭގައި

ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގެ ތަހުގީގު ދަނީ ކުރިއަށް ކަމަށާއި ފުރިހަމަ ރިޕޯޓެއް ނިމޭނީ ހަފްތާއެއްގެ ތެރޭގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ މިހާރު ވެސް މިޝްކާގެ މަރާގުޅޭ ރިޕޯޓެއް ނެރެވިފައިވީ ނަމަވެސް އެ މައްސަލައިގައި ހުރި "ލޫޕްހޯލް"ތައް ފިލް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަންކަން ބެލުމަށް ފަހު ކުރިއަތް އޮތް ހަފްތާއެއްގެ ތެރޭގައި މުޅި ރިޕޯޓް ނެރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ މިޝްކާގެ ފަރުވާ ލަސްވީ އެމްބިއުލޭންސް ދިއުން ލަސްވެގެން ނޫން ކަމަށާއި އެމްބިއުލޭންސްއާ ހަމައަށް މެސެޖު ދިއުން ލަސްވެގެން ކަމަށެވެ.

Advertisement
HDC — Sidebar (box)

"ހަގީގަތުގައި މި ރިޕޯޓުން ދައްކާ ގޮތުގައި އެމްބިއުލޭންސް ލަސްވީކީ ނޫން، އެމްބިއުލޭންސާ ހަމައަށް މެސެޖު ނުގޮސްގެން ލަސްވީ. އެމްބިއުލޭންސަށް އެނގުމުން 10 މިނެޓު ތެރޭގައި އެ ގެއަށް ގޮސްފައި ވަނީ" ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެމްބިއުލޭންސް ދުއްވާ ފަރާތްތަކާއި އެކަމުގައި އުޅޭ މުވައްޒަފުންނަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން އެޗްއޯއީސީގެ ބައެއް ކަންކަން ބަދަލު ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިިިނިސްޓަރު ވިދާޅުވީ 7 އެމްބިއުލޭންސް މިހާރު ހަމައެކަނި ކޮވިޑް-19ގެ އެމަރޖެންސީ ކޭސްތަކަށް އެޓެންޑު ކުރުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް އެމްބިއުލޭންސް އަބަދުވެސް ރިޒާވްގައި ބާއްވައިފައި އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް