ވިޔަފާރި

ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ޔޫރޯ 2020 ބަލައިލެވޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިގު އިންތިޒާރަކަށް ފަހު ޔޫރޯ 2020ގެ ފޯރިގަދަ މުބާރާތް މިހާރު މިވަނީ ފެށުމަކާ ހަމައަށް އައިސްފައެވެ. މިދިޔަ އަހަރު ބާއްވަން ތާވަލްކުރި މި މުބާރާތް ކޮވިޑް-19 އާ ގުޅިގެން ފަސް ކުރުމަށް ފަހު މާދަމާ ފަށާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފުޓުބޯޅަ ފޭނުން މި މުބާރަތަށް ތައްޔާރުވަމުންދާއިރު ދިރާގުން މިވަނީ ޔޫ.އީ.އެފް.އޭ ޔޫރޯ 2020ގެ ހުރިހާ "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ ކަން އިއުލާންކޮށްފައެވެ.

Ads by STELCO

އެގޮތުން ސޮނީ ޓެން 2އެޗް.ޑީ އަދި ލޯކަލް ބްރޯޑްކާސްޓަރ ރާއްޖެޓީވީއިން ބަލާލެވޭނެއެވެ. ދިވެހިންނަކީ އާދަކާދައިގެ ގޮތުން ކެފޭތަކާއި ހިސާބުގަނޑުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ރައްޓެހިންނާ އާއިލާއާ އެކު ފުޓުބޯޅަ ބަލަމުން ދިޔަބައެއް ކަމުގައި ވީ ނަމަވެސް، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިވަނީ ގޭގައި ރައްކާތެރިކަމާ އެކު ޓީވީގެ ޒަރިއްޔާއިން މެޗްތައް ބަލަން ޖެހިފައިއެވެ.

ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތައް ގޭގައި ރައްކާތެރިކަމާ އެކު ބަލާލެވުމުގެ އިތުރުން މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެއެވެ.

މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް، ޖީއެސްޓީއާ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް ޔޫރޯ2020ގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ބަލައިލެވޭނެއެވެ. އަދި ހަމައެއާ އެކު، ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގައި ބަލައިލެވޭނެއެވެ.

މީގެ އިތުރުން، ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން މި ވަނީ ގިނަ އޮފަރ ތަކެއް ތައާރަފު ކޮށްފައެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން އިތުރު 50 އިންސަަައްތަ ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެއެވެ. އަދި ހަމަ އެހެންމެ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ޔޫރޯ 2020 ބަލައިލެވޭނެއެވެ.

ޔޫރޯ2020 ގެ މެޗްތައް ފަށަން ހަމަޖެހިފައި ވަނީ 12 ޖޫން 2021ގެ ރާއްޖެ ގަޑިން 00:00ގައެވެ.

ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!