ދީން

ތުއްތު ދަރިފުޅު ދީނަށް ލޯބިޖެއްސުމަށް ކުރެވިދާނެ ބައެއް ކަންކަން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެއްވެސް ޝައްކެއް ނެތް ގޮތުގައި ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. ނަމާދު އަޅައިފި މީހާ އެ ތަނބު މުގުރައިލި ފަދައެވެ. މި މާތް އަޅުކަން ކުރުން މަތީގައި އަޅުގަނޑުމެން ދެމިތިބޭއިރު، އަޅުގަނޑުމެންގެ ދަރީންނަކީ ވެސް ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ކޮންމެ މަންމައެއްގެ ވެސް އަދި ބައްޕައެއްގެ ވެސް ދީނީ ވާޖިބެކެވެ. ކުޑައިރު، ޅަދަރިން ނަމާދަށް އާދަ ކުރެވިއްޖެ ނަމަ، ފަހުން އެކަމުގެ ފައިދާ ކުރާނެ ކަމީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

Ads by MWSC

ދަރިންނަށް ފެންނަ ގޮތަށް ނުވަތަ ދަރިންނާއި އެކީގައި ނަމާދުކުރުން:

މިއީ ވަރަށް ވެސް މުހިންމު ކަމެކެވެ. ކުޑަކުދިން ނަކަލު ކުރާނީ ބޮޑެތި މީހުންގެ އުޅުމެވެ. އެމީހުން ދައްކާ ވާހަކަތަކާއި ކުރާ ކަންކަމެވެ. އެހެންކަމުން ދަރިންނަށް ފެންނާނެހެން ނަމާދުކުރުން ނުވަތަ ދަރިންނާއެކުގައި ނަމާދު ކުރުމަކީ ވަަރަށް މުހިންމު ކަމެކެވެ.

ދަރިފުޅަށް އަމިއްލަ މުސައްލައެއް ދިނުން:

ކުޑަ ކުއްޖެއް ނަަމަވެސް، ދަރިފުޅަށް އަމިއްލަ މުސައްލައެއް ދީ، ނަމާދު ކުރަން ވަކި ތަނެއް ހާއްސަކޮށް، އެތަނެއް ސާފުކޮށް ބެހެއްޓުމަށް ބާރު އަޅާށެވެ. އޭރުން ނަމާދުގެ މުހިންމުކަން ދަރިފުޅަށް ވިސްނޭނެއެވެ. އަދި އެކަން ކުރަން ދަރިފުޅަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި އެކުދިން ދެކޭނެއެވެ. ދަރީންގެ ހިތުގައި އުފެދިފައިވާ ދީނީ ލޯބި އިތުރުވާނެއެވެ.

ދަރިފުޅަށް ދީނީ ވާހަކަތައް ކިޔައިދިނުން:

މިއީ ކުރުން އެންމެ މުހިންމު އެއް ކަމެވެ. ދަރިފުޅު ކުޑައިރުން ފެށިގެން މާތްﷲ އާއި، އެކަލާނގެ ރަސޫލާގެ ވާހަކަ ދަރިފުޅަށް ކިޔައިދޭށެވެ. ނަމާދާއި އެނޫން ވެސް ދީނީ އަޅުކަންތަކުގެ މުހިންމުކަން ކިޔައިދޭށެވެ. ސްޕައިޑަރމޭން ނުވަތަ ސުޕަރމޭންގެ ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި، މި އުއްމަތަށް ކައު ކުރެއްވި މާތް ނަބިއްޔާގެ އިބްރަތްތެރި ހަދީޘް ބަސްފުޅުތައް ދަރިންނަށް ކިޔައިދޭށެވެ. އިސްލާމް ދީނާމެދު ދަރިންގެ ހިތްތަކުގައި ލޯބި އާލާވާނެއެވެ.

  1. އަލީ

    ކިޔައިދިނުން އެންމެ މުހިންމު ވާހަކަ މިލިއުމުގަ ނެތް މުސްލިމުންނާ ކާފިރުންނާ ހުންނަ ތަފާތު ބުނެދިނުން ވަރަށް މުހިންމު ދީނުން ބޭރުވާ ކަންތަށްތަށް ބުނެދޭންވާނެނ ރާބުއި ން އެއީ ކިހާވަރެއްގެކަމެއްކަން ބުނެދިނުން އެންމެ މުހިންމީ