ޚަބަރު

ދެ ފާރު ދޭތެރޭ ތާށިވީ 4 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ށ.ނަރުދޫގައި ދެ ފާރު ދޭތެރޭގައި ތާށިވި 4 އަހަރުގެ ކުޑަ ކުއްޖަކު ފާރު ތަޅައިލައިގެން ސަލާމަތް ކޮށްފިއެވެ.

Ads by STELCO

”ދެން”އަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދު ވިދާޅުވީ އެ ކުއްޖާ ތާށިވީ އެ ކުއްޖާ އުޅޭ ގެއާ އެ ގޭގެ ވަށާ ފާރާ ދެމެދު އޮންނަ ހަނިހަނި ދޭތެރެއެއްގައި ކަމަށެވެ. އެ ކުއްޖާ ކުޅެން އުޅުމުގެ ތެރޭގައި އެތަނަށް ވަދެ އުޅެނިކޮށް މާ އެތެރެއަށް ވަދެވުމުން ތާށިވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގޭގެ ވަށައިފާރު ތަޅައިލައިގެން އެ ކުއްޖާ މިހާރު ސަލާމަތް ކޮށްފައިވާ އިރު އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އޭނާގެ ހާލު ރަނގަޅެވެ.

މުސްތަރުސިދު ވަނީ ބެލެނިވެރިންނަށް ދަރީންްގެ އެފަދަ ކަންކަމަށް ބޮޑަށް ސަމާލު ވެލެއްވުމަށް އިލްތިމާސް ކޮށްފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި މި ފަދަ ހަނި ދޭތެރެތައް ގެއާއި ވަށާފާރާ ދެމެދު ވަރަށް ގިނައިން ހުރެއެވެ. މި ފަދަ ހާދިސާތަކުގައި ބައެއް ފަހަރަށް ކުދިންނަށް ބޮޑެތި ގެއްލުން ވެފައި ވެސް އެބަހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!