ކޮންމެ ދުވަހަކު ޗީޒް ކާ މީހުންނަށް އުފާވެރި ހަބަރެއް

ޗީޒަކީ ގިނަ ބައެއްގެ މެދުގައި ނުހަނު މަޤުބޫލު އެއްޗެކެވެ. ބައެއް ފަހަރު ޕާންފޮއްޗަކާ އެކު ނުވަތަ ޕާސްތާއަށް އަޅައިގެން އަދި ފޮނި އެއްޗެހި ތައްޔާރު ކުރާއިރު ވެސް ގިނަ ބަޔަކު ޗީޒް ބޭނުން ކުރެއެވެ. އަދި ޚާއްސަ ގޮތެއްގައި ޕިއްޒާއަކަށް އޯޑަރުކުރާ އިރު ވެސް އެއަށް ތަންކޮޅެއް ގިނައިން ޗީޒް އަޅަން ބުނެވޭ ފަހަރު އާދެއެވެ.
މި ހުރިހާ ކަމަކުން ވެސް އަންގައިދެނީ ޗީޒްއަށް އޮތް މަޤުބޫލު ކަމެވެ. އެހެންކަމުން މިފަހަރު މިއޮތީ ޤަވާއިދުން ނުވަތަ ކޮންމެ ދުވަހަކު ވެސް ޗީޒް ކާ މީހުންނަށް އޮތް އުފާވެރި ހަބަރެކެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ
ޗީޒް ކެއުމަކީ ހިތުގެ ބަލިތަކުން އިންސާނާ ރައްކާތެރި ކޮށްދޭ ކަމެކެވެ. އެގޮތުން ހާރޓް އެޓޭކް ޖެހުމުގެ ހިރާސް (ރިސްކު) ޗީޒް ކެއުމުގެ ސަބަބުން ކުޑަ ކޮށްދެއެވެ. ޗައިނާގެ ސޫޗޯ ޔުނިވާރސިޓީގައި ކުރިއަށް ގެންދިޔަ ސާރވޭއަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 40 ގްރާމްގެ ޗީޒް ކާނަމަ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 14 އިންސަންތަ ކުޑަކޮށްދެއެވެ.
ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ
ޔޫރަޕް އަދި ޔުނައިޓެޑް ސްޓޭޓްސްގައި 20،000 މީހުން އެކުލަވާލައިގެން ކުރި 15 ދިރާސާއިން ހާމަވި ގޮތުގައި ކޮންމެ ދުވަހަކު ޗީޒް ކެއުމުގެ ސަބަބުން ސްޓްރޯކް ޖެހުމަށް އޮންނަ ހިރާސް 10 އިންސައްތަ ކުޑަވެއެވެ. މި ދިރާސާ ކުރި ފަރާތްތަކުން ހާމަކުރާ ގޮތުގައި މިގޮތަށް މިކަން މެދުވެރިވާން ދިމާވާ ސަބަބަކީ ޗީޒްގައި ހިމެނޭ ކެލްސިއަމްއެވެ. މި ކެލްސިއަމްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ މަދު ކޮށްދެއެވެ.
އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ޗީޒްއަކީ ބޭނުން ކުރެވިދާނެ ނުހަނު ފައިދާ ހުރި އެއްޗެކެވެ.