Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ރައީސްގެ އަމާޒު ހުރީ ވަޢުދުތައް ފުއްދެވުމަށް: ވިސާމް

ރައީސްގެ އަމާޒު ހުރީ ވަޢުދުތައް ފުއްދެވުމަށް: ވިސާމް

ރައީސް އިބްރާހީމް މުޙައްމަދު އަމާޒު ހިފައިފައި ހުރީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކަމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ޞާލިޙްއާ ބައްދަލު ކުރެއްވުމަށް ފަހު ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު ރައީސް މަސައްކަތް ކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށް އެމަނިކުފާނު ވެފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ވިސާމްގެ ދާއިރާ ކަމަށްވާ ގަމު ދާއިރާއަށް ވެފައިވާ ވައުދުތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިސާމް، ރައީސް ޞާލިޙްއާ ބައްދަލު ކުރައްވާފައި މިވަނީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުމުގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުގެ ނުރުހުން ވިސާމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ވިސާމަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ރައީސް ނަޝީދު ހުށަހެޅުއްވި ޑިފެންސްގެ ނައިބު ޒަމީލްގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބޭރުކުރުމަށް ވޯޓު ދެއްވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް