Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސައުދީގެ ކޮންޓެކްޓް ޓްރޭސިން އެޕް ބޭނުން ކުރެވޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ

ސައުދީގެ ކޮންޓެކްޓް ޓްރޭސިން އެޕް ބޭނުން ކުރެވޭ  ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ

ސަޢޫދީ ޢަރަބިއްޔާގެ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރެވޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

މި އެޕްލިކޭޝަނަކީ ކޮވިޑް-19އާ ގުޅިގެން ސަޢޫދީގެ ހެލްތު މިނިސްޓްރީގެ ހުއްދައާ އެކު، ހުރިހާ އެންމެންގެ ސިއްހީ ހާލަތު ދެނެގަތުމަށާއި، ކޮންޓެކްޓް ޓްރޭސިންގައި އެގައުމުން ބޭނުންކުރާ އެޕްލިކޭޝަނެކެވެ. ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަށް ފަހުގައެވެ.

މީގެ އިތުރުން، މި އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ އާންމު ތަންތަނަށް ވަދެ ނިކުމެ ނޫޅެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ހާމަ ކުރި ގޮތުގައި ސައުދީގެ “ތަވައްކަލްނާ” އެޕްލިކޭޝަން ބޭނުން ކުރެވޭ ފުރަތަމަ 74 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ސަޢޫދީގެ ރައްޔިތުން މި 74 ގައުމަށް ދަތުރުކުރާއިރު ވެސް އަދި މިގައުމުތަކުގެ ރައްޔިތުން ސަޢޫދީއަށް ދަތުރުކުރާއިރު ވެސް މި އެޕްލިކޭޝަން ބޭނުން ކުރަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް