ތުއްތު ދަރިފުޅު ނުނިދާނަމަ މިފަދައިން ކަންތައް ކުރޭ!

ތުއްތު ދަރިފުޅު ނުނިދައިގެން އުޅުމަކީ ވަރަށް ގިނަ މައިންބަފައިންނަށް ދިމާވާ ގޮންޖެހުމެކެވެ. އަދި އެކަމުގެ ސަބަބުން ބައެއް ފަހަރު މައިމީހާއަށް ނަފްސާނީ ގޮތުން ބައެއް މައްސަލަތައް ވެސް ދިމާވެއެވެ. ނާނާ ކިޔައި ކޮޅަށް ތެދުވެ ހިނގާ، ނޫނީ ބާލީހަށް ލާ ތަޅުވައިގެން ވެސް ބައެއް ކުދިން ނުނިދައެވެ.
ނިދަން އެއް ގަޑިއެއް ކަނޑައެޅުން
ތުއްތު ދަރިފުޅު ނިންދެވުމުގައި އަބަދުވެސް އެއް ގަޑިއެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ރެއަކު ވެސް އެއް ގަޑިއަކަށް ދަރިފުޅު ނިންދަވަން އާދަ ކުރާށެވެ. އެއް ގަޑިއަކަށް ނިންދަވާއިރު، ނިންދެވުމުގެ ކުރިން ނާނާއެއް ކިޔާލުމަކީ ވެސް ފަސޭހައިން ނިދޭނެ ކަމެކެވެ.
ނިދުމުގެ ކުރިން ގާތުން ކިރުދިނުން/ކާން ދިނުން
ތުއްތު ކުދިންނަށް ނިދިން ހޭލެވޭ ސަބަބުތަކުގެ ތެރޭގައި މާބޮޑަށް ބަނޑުހައިވުން ވެސް ހިމެނެއެވެ. އެހެންކަމުން ދަރިފުޅު ނިންދެވުމުގެ ކުރިން ރަނގަޅަށް ކާންދޭށެވެ. ދަރިފުޅު ނިދަނީ ބަނޑު ފުރިގެން ކަމަށް ވާނަމަ ދަރިފުޅު އަވަހަށް ހޭލުމުގެ ފުރުސަތު ކުޑައެވެ.
ސަކަރާތް ޖެހުން
ތުއްތު ކުދިންނަކީ ސަކަރާތް ޖަހާ ހިތްވާނެ ބައެކެވެ. އެކުދިން ނިދާއިރު ވެސް އެކަން ބޭނުންވާނެއެވެ. އެހެންކަމުން، ދަރިފުޅަށް ވަރަށް ކަމުދާ އެއްޗެއް ކިޔައިލުން ނުވަތަ އަޑެއް އިއްވުމަކީ، ހިތްހަމަ ޖެހުމާއެކު ދަރިފުޅަށް ނިދޭގޮތްވާނެ ކަމެކެވެ. ބޮޑަށް ރަނގަޅީ ތުއްތު ދަރިފުޅަށް އަޑުއިވޭ ވަރަށް ކީރިތި ޤުރުއާން ޖަހައިފައި ބެހެއްޓުމެވެ.
ކުއްޖާގެ ވަށައިގެންވާ މާހައުލަށް ސަމާލުކަން ދިނުން
ދަރިފުޅުގެ ވަށައިގެންވާ މާހައުލަކީ ނިންޖާ ރައްޓެހި އަދި އަމާން މާހައުލަކަށް ހަދާށެވެ. ދަރިފުޅަށް އަރާމު ވާނެ ފަދަ ގޮތަކަށް ދަރިފުޅުގެ އެނދު ހުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ބާލީސްތައް އަތުރައިލާއިރު، ދަރިފުޅަށް އަރާމުވާނޭހެން ރަޖާގަނޑު އަޅައިލައިފައި ބޭއްވުމަކީ ދަރިން ނިކަން އަވަހަށް އަރާމު ނިންޖަކުން ނިދާނޭ ކަމެކެވެ.